ތަންތަނުގެ ޔުނިފޯމުގެ ގޮތުގައި ޝަރުޠު ހަމަނުވާ ހެދުން ގިނަވަމުން އަންނަކަން ފާހަގަކުރެވި ގިނަބައަކު ކަންބޮޑުވުން ފައުޅުކުރާތީ މިގެނެސްދެނީ މުސްލިމު އަންހެނާގެ ހެދުމުގައި ހުންނަންޖެހޭ ޝަރުޠުތަކެވެ. ކުންފުނީގެ ތަނަވަސްކަން ބޮޑުވުމަކީ އިސްލާމްދީނުގެ ޙުކުމްތަކާއި ޚިލާފްވުން ހުއްދަވާނެ ކަމެއް ނޫނެވެ.
މުސްލިމު އަންހެނާގެ ހެދުމުގައި 8 ޝަރުތެއް ފުރިހަމަވާންޖެހޭނެއެވެ. އެއީ:
1- މޫނާއި ދެއަތްތިލަ ފިޔަވައި ހަށިގަނޑުގެ ހުރިހާތަނެއް ފޮރުވޭވަރުގެ ހެދުމަކަށްވުން.
2- ހަށިގަނޑުގެ ވަނާތައް ނޭގޭފަދަ ގަޔަށްދޫ ހެދުމަކަށްވުން.
3- ހަންގަނޑުގެ ކުލަ އެގޭފަދަ ތުނިހެދުމަކަށް ނުވުން.
4- ހެދުމުގައި ޒީނަތްތެރިކަން އެކުލެވިގެން ނުވުން.
5- ސެންޓާއި އަތަރުލާ ވަސްދުއްވާފައި ހުންނަ ހެދުމަކަށް ނުވުން.
6- ފިރިހެނުންގެ ހެދުމާއި އެއްގޮތްނުވުން.
7- ކާފިރުންގެ ހެދުމާއި އެއްގޮތްނުވުން.
8- މަޝްހޫރުވުމުގެ ގޮތުންލާހެދުމަކަށް ނުވުން.
ވަޒީފާ އަށްދާތަނގެ ޔުނިފޯމް އަކީ މަތީގައިވާ ޝަރުޠުތައް ހަމަވާ ހެދުމެއް ކަމަށް ވަނީނަމަ މައްސަލައެއް ނެތެވެ. އެހެންނޫން ކަމަށް ވަނީ ނަމަ މައްސަލައެކެވެ.
ﷲ އަށް ތަގްވާވެރިވެއްޖެމީހާ އަށް މަގުތައް ދައްކަވާނެކަން ކީރިތި ގުރްއާނުގައި މާތް ﷲ ވަނީ ޞަރީޙަ ޢިބާރާތުން އަންގަވާފައެވެ. ވުމާއިއެކު، ވަކިތަނެއްގެ ވަޒީފާ ނުލިބުމަކުން މީހާގެ ދިރިއުޅުން ބަރުބާދުވީކީ ނޫނެވެ. އެޔަށްވުރެ ހުރިހާ ގޮތަކުންވެސް ރަގަޅު ވަޒީފާތައް ވެސް ހުންނާނެއެވެ. އިންޝާﷲ ލިބެންވެސް ލިބޭނެއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް