މިއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާންލާން ފަށަން އެންމެ ރަނގަޅު ދުވަސްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
މިއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާންލާން ފަށަން އެންމެ ރަނގަޅު ދުވަސްތައް!

ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު މިގެންދަނީ އަޅުކަންކުރުމުގައި ރޭސްޖަހަމުންނެވެ! ވީހާ ގިނަ އަޅުކަންކުރަން މަސައްކަތްކުރަމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަމުންނެވެ. 

ތިބާ ނަމާދުކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވެ ހުރެގެންނެވެ. ނަމާދު ނިމުމާއިއެކު މީސްތަކުންގެ ކުރިމައްޗަށް ނުކުންނަނީ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވެ ހުރެގެން ކަމަށްނުވާނަމަ ﷲ ތަޢާލާއަށް އެބަ ކިޔަމަންތެރިވެވޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޚާއްޞަކޮށް ލޮބުވެތިކަނބަލުންނޭވެ! (މިހާރު ފުރިހަމއަށް ނިވާނުވާނުވާނަމަ) ލައިއުޅޭ ފޭރާން އަވަހަށް އިޞްލާޙްކޮށްލާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑުން ފޭރާންލާން ފަށާށެވެ! 

އަޅުކަމުގެ އެއްމާނައަކީވެސް ކިޔަމަންތެރިކަން އަދާކުރުމެވެ. ވީމާ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅަކަށްވާށެވެ! މިއީ އެކަމަށް ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ދުވަސްވަރެވެ. މިހެން މިބުނަނީ ކުރިން ބުނިފަދައިން މިދުވަސްތަކަކީ ތިމާގެ ކިޔަމަންތެރިކަން ﷲ ތަޢާލާއަށް ދެއްކެތޯ އެންމެ ބޮޑަށް މަސައްކަތްކުރާ ދުވަސްތަކަށްވާތީއެވެ. ކޮންމެ ދުވަހަކު ރޯދަހިފައި ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ނަމާދުކުރަމުން އަންނަ ދުވަސްތައް ކަމަށްވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

މީހަކު ބުނެފާނެއެވެ. އަހުރެން ހެދުންލައި އުޅޭ ގޮތުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެސުވާލު އެގޮތަށް ކުރާ މީހާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ކަމުގައިވާނަމަ އެކަމުގައި ވަރަށް ބޮޑު މައްސަލައެއް އެބައެބައޮތެވެ. 

އެއީ ފޭރާންލާން ވަކިގޮތެއް ﷲ ތަޢާލާ އަންގަވާފައިވަނިކޮށް އެއަމުރުފުޅު ދޫކޮށްލައި ދިއުމެވެ. ﷲ ތަޢާލާގެ އަމުރުފުޅަކަށް ޢަމަލުނުކޮށް ހުރެފައި އެކަމުގައި އޮތީ ކޮން މައްސަލައެއްތޯ ސުވާލުކުރުމުގެ ޙައްޤު ލިބިގެންވަނީ ކާކަށް ހެއްޔެވެ؟ 

"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއްމިން ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު  އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ  އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ" (އަލް އަޙްޒާބް: 36) 

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާން ނުލުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތްކަމެއް ނޫންކަން ޔަޤީންވަނީ މިއާޔަތުންނެވެ. " ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު  އޮތުމަކީ ނެތްކަމެކެވެ." އޮތް ބަސްފުޅުންނެވެ. 

މިހައި ވަރުގަދައަށް، ގަދަފަކޮށް އަންގަވާފައިވާ އެންގެވުންތަކަށް ޢަމަލުނުކޮށް ހުރެ "މައްސަލައަކީ ކޮބައިތޯ؟" ސުވާލުކުރުމަކީ އެކަލާނގެއަށް އީމާންވެގެން ހުރި މީހަކަށް ކުރެވޭނެ ނުވަތަ ކުރެވިގެންވާނެ ކަމެއް ނޫނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން