އެއްވެސް މީހަކަށް ދެރައެއް ނުވަތަ ހިތްދަތިކަން ލިބިއްޖެނަމަ އެއީ އެމީހާ ކޮށްފައިވާ ފާފަތަކުގެ ސަބަބުން ކަމަށް ބުނެގެން ނުވާނެ! އެކަމަކު ޢަމަލުތައް އިޞްލާޙްކުރަން ނަޞޭޙަތްދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެއްވެސް މީހަކަށް ދެރައެއް ނުވަތަ ހިތްދަތިކަން ލިބިއްޖެނަމަ އެއީ އެމީހާ ކޮށްފައިވާ ފާފަތަކުގެ ސަބަބުން ކަމަށް ބުނެގެން ނުވާނެ! އެކަމަކު ޢަމަލުތައް އިޞްލާޙްކުރަން ނަޞޭޙަތްދޭންވާނެ!

ތިމާއަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ހިތް މަޑުމޮޅިކޮށް ނިކަމެތިވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭށެވެ. އެހެނަސް އެކަން ކުރިމަތިވީ ތިބާ ކުރި ފާފަތަކުގެ ސަބަބުން އެކަނި ކަމަށްވެސް ނިންމައިގެންނުވާނެއެވެ. ހަމައެފަދައިން އެހެންމީހަކާއިމެދުގައިވެސްމެއެވެ. 

މިޘާލަކަށް މީހަކު އެކްސިޑެންޓެއްވެ ފައި ބިނދުނީއެވެ. އެއީ އެމީހާ ކޮށްފައިވާ ފާފަތަކުގެ ސަބަބުން ކަމަށް ބުނެގެން ނުވާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ސަބަބަކީ މީހާގެ ފާފަތައް ފުއްސަވައިދެއްވެވުމަށްވެސް ތަދާއި މުޞިބާތްތައް ކުރިމަތި ކުރައްވަވަތެވެ. 

ހަމަ އެއާއިއެކު އެމީހަކީ ނުބައި މަގަކުން ދެވޭ މީހަކުނަމަ ﷲ ތަޢާލާއަށް ބިރުވެތިވެ ތައުބާވެ ހެޔޮމަގުން ކުރިއަށްދިއުމަށް ނަޞޭޙަތްތެރިވާންވާނެއެވެ. އެއީ މުޅިން ތަފާތުކަމެކެވެ. އެހެނީ އެމީހަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ތައުބާވެ ފާފަފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމާއިއެކު ކެތްތެރިވުމެވެ. އެކަމުގެ ސަބަބުން އެމީހަކަށް ރަޙަމަތްތައް އިތުރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ 

މިކަމުގެ ހެކިތައްވެސް ފެނެއެވެ. ނުބައި ޢަމަލުތައް ކުރެވޭ ބައެއް މީހުންނަށް މުޞީބާތްތައް ކުރިމަތި ކުރެއްވެވުމުން ތައުބާވެ ޢަމަލުތައް އިޞްލާޙްކުރަމުން ގެންދާތަން ފެނޭ ނޫންހެއްޔެވެ؟ ކުރިމަތިވި ކުރެވެވި ޙާލަތުން ޢިބްރަތް ޙާޞިލުކުރާ މީހުންނަކީ އެއީއެވެ. 

އަނެއްބައަކު އެވަޤުތު ދެރަވެގެން އުޅެލާފައި އެކަމަކުން އަރައިގަނެވުމާއިއެކު އެކަން ހަނދާންނައްތާލާފައި ކުރިންވެސް އުޅެމުން އައި ގޮތަށް އުޅެން ފަށައެވެ. ނުބައި ޢަމަލުތައް ކުރަންފެށެއެވެ. އެކަމުން އެނގެނީ އޭނާގެ ހިތަށް ބިރުވެރިކަން ނުވަންކަމެވެ. ޢިބްރަތް ޙާޞިލުނުކުރެވުނު ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން