ﷲ ތިބާއަށް ލިބިގަންނަން ދެއްވަވާ އަގުހުރި ފުރުޞަތު ނަގައިލާފަ ރަޙްމަތަށް އެދޭމީހަކަށްވެގެން މާޔޫސްކަން ފިލުވައި ލެވޭނީ ކިހިނެއްތަ؟ އެކަމެއް ނުވާނެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ﷲ ތިބާއަށް ލިބިގަންނަން ދެއްވަވާ އަގުހުރި ފުރުޞަތު ނަގައިލާފަ ރަޙްމަތަށް އެދޭމީހަކަށްވެގެން މާޔޫސްކަން ފިލުވައި ލެވޭނީ ކިހިނެއްތަ؟ އެކަމެއް ނުވާނެ!: ޑރ. ޔާސިރު ޤާޟީ

މުއުމިނުންނަކީ ތިމާއަށް ދެރަވާނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށްގެން ތިބެނެޖެހޭ ބައަކަށްވާއިރު އެއްވެސް މުއުމިނަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ އާއިމެދު މާޔޫސްވެގެންވާނެ މީހެއް ނޫނެވެ. ފުރިހަމަ މުއުމިނަކަށް ވެވޭނީވެސް މިކަން ޤަބޫލުކޮށްގެންނެވެ.   

ކަންމިހެން އޮތުމުން މުޞީބާތެއް ކުރިމަތިކުރެއްވެވުމުން މުއުމިނުން އުފާކުރަންވީއެވެ. އެހެނީ އެކަމަކަށް އެމީހަކު ކެތްތެރިވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ގިނަގުނަ ނިޢްމަތްތައް ދެއްވަވާނެތީއެވެ.  

ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ތަކްލީފްތަކަށް ކެތްތެރިވުމުން ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގެންވެއެވެ. އަދި ހަމައެފަދައިން ކެތްތެރިނުވެ ޝަކުވާކުރާނަމަ އެމީހަކު ދެކެ ކޯފާވެވޮޑިގަންނަވައެވެ. އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން ނުވެއެވެ.  

އަހަރެމެން މުސްލިމުން ހިތްވަރު ލިބިގަންނަންވީ ކީރިތި ޤުރްއާނުގައި "ކެތްތެރިންނަށް އިމެއް ނެތި ޘަވާބު ދެއްވަވާނެ" ކަމަށް އޮތް ބަސްފުޅުންނެވެ. 

ކެތްތެރިވުމަށް ބުނެވޭ ބަހުގެ މާނަ އޮޅުވާލައިގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި އެއީ ބަލިވުމުން ބޭސްނުކޮށް ހުރުމެއް ނޫނެވެ. ލިބެމުން އަންނަ އަނިޔާއަކުން ސަލާމަތްވާން މަސައްކަތް ނުކުރުމެއްވެސް ނޫނެވެ. ކުރަންހުރި މަސައްކަތް ކުރުމުން ލައްވަވާ ރަޙްމަތަށް ރުހި ޤަބޫލުވެގެން ހުރުމެވެ.

 

 -ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން 

 

މިއަދު އޮންލައިން