ހަމަކަށަވަރުން ދިރިހުރި ހިތަކީ ހެޔޮ ކަންކަމުގެ އަސަރު އެހިތަށްކުރުވާ އަދި ނުބައި ކަންކަމަކީ ނުބައިކަމެއްކަމުގައި ދެނެގަންނަ ހިތެވެ. އަދި މަރުވެފައިވާ ހިތަކީ ފާފަކުރުމުން އެހިތަށް ތަދުނުވާ އަދި އެކަމުގެ އިހުސާސްވެސް ނުކުރެވޭ ހިތެވެ. އަދި ހެޔޮކަމެއް ކުރުމުން އަދި ކިޔަމަންތެރިކަން އަދާކުރުމުން އުފާވެސް ނުވާނެއެވެ. އަދި ފާފަތަކަށްވ ޢުޤޫބާތްވާކަމުގެ އަސަރުވެސް ނުކުރާނެއެވެ. އަދި ޞިއްޙަތާއި ދުނިޔަވީ ކަންތައްތައް ލިބިފައިވާނަމަ އެފަދަ މީހަކު ކެހިވެރިވާނެއެވެ. އަދި އޭނައަށް ލިބިފައިވާ ނިޢުމަތްތަކަކީ އޭނާގެ މާތްކަމުން ލިބުނު އެއްޗެއްކަމަށް ހީކުރެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވ
﴿أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِنْ مَالٍ وَبَنِينَ [55] نُسَارِعُ لَهُمْ فِي الْخَيْرَاتِ بَلْ لَا يَشْعُرُونَ [56]﴾ [المؤمنون: 55، 56]
މާނައީ: "މުދަލާއި، ދަރިންގެ ތެރެއިން ތިމަންއިލާހު އެބައިމީހުންނަށް ދެއްވާ ދެއްވުން އެއީ، ތިމަންއިލާހު އެބައިމީހުންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެބައިމީހުން ހީކުރަނީ ހެއްޔެވެ! އަދި ކިއެއްހެއްޔެވެ! އެބައިމީހުންނަށް (އެކަމުގެ ޙަޤީޤަތް) ނޭނގެނީއެވެ."
ހަދީޘްގައި ވެއެވެ.
تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا، نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا، نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ» [رواه مسلم]
މާނައީ: "ސަޓާއަކަށް ވަތަކަށްފަހު ވަތެއް އެމުނެމުންދާ ފަދައިން ހިތްތަކަށް ފިތުނަތައް ވެރިވަމުން ދާނެއެވެ. ފަހެ، އެއްވެސް ހިތަކުން އެފިތުނަތަކަށް (ލޯބިކޮށް) ބަލައިގެންފިނަމަ އެހިތުގައި ކަޅު ތިއްކެއް ޖެހެއެވެ. އަދި އެއްވެސް ހިތަކުން އެފިތުނަތަކަށް (ނުރުހުންތެރިވެ) އިންކާރުކޮށްފިނަމަ އެހިތުގައި ހުދު ތިއްކެއް ޖެހެއެވެ. އޭރުން ވާހުށީ ދެވައްތަރެއްގެ ހިތެވެ. (އެއް ހިތް) ސަންގުމަރުމަރު ހިލައެއްހާ ހުދެވެ. އުޑާއި ބިން ދެމިއޮތްހައި ހިނދަކު ފިތުނައަކުން އެހިތަކަށް ގެއްލުމެއް ނުފޯރާނެއެވެ. އަނެއް ހިތްވަނީ ބަންޑުންޖެހިފައިވާ ކޫޒެއްފަދަ ކިލަނބު ކުލައިން ކަޅުވެފައެވެ. ހެޔޮކަމެއް ނުދަންނާނެއެވެ. އަދި މުންކަރާތަކަށް އިންކާރެއް ނުކުރާނެއެވެ. އޭނާގެ ހަވާނަފްސު ބަލައިގެންފި ކަމެއްގައި މެނުވީއެވެ."
- މަސްޖިދުއްނަބަވީގެ އިމާމް- الشيخ علي بن عبد الرحمن الحذيفي –حفظه الله