ނަރަކައިގެ ޢަޛާބަށް ބިރުވެތިވާ މީހާ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމުގެ އިތުރުން ޤުރްއާނުގައިވާ މިފަދަ ދުޢާތައް ކުރުން ގިނަކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނަރަކައިގެ ޢަޛާބަށް ބިރުވެތިވާ މީހާ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމުގެ އިތުރުން ޤުރްއާނުގައިވާ މިފަދަ ދުޢާތައް ކުރުން ގިނަކުރަންވާނެ!

ކޮންމެ މީހަކަށް ބެލިނަމަވެސް އެންމެ ބޭނުންވާ ކަންތައް ކަމުގައި މިވަނީ 2 ކަމެކެވެ. އެއީ ސުވަރުގެ ލިބުމާއި ނަރަކައިން ސަލާމަތްވެވުމެވެ. ދެން މިވާގޮތަކީ ސުވަރުގެ ލިބިއްޖެނަމަ ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އެހެނަސް ނަރަކައަށް ވައްދަވާ އޅުންގެ ތެރެއިން ބައަކަށް އެބައަކަށް ޙައްޤު މިންވަރަށް ޢަޛާބު ނަރަކައިގައި ދެއްވެވުމަށްފަހު ސުވަރުގެ ވައްދަވަތެވެ.  

ޔަޤީންކުރަންވީ ކަމަކީ ސުވަރުގެ ވައްދަވައިފި އަޅަކަށް ނަރަކައަށް ވަންނަން ނުޖެހޭނެ ކަމެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ނަރަކައަށް ވަންނަން ނުޖެހޭނެ އަޅަކަށް ވުމަށެވެ. އެހެންކަމުން މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!   

رَبَّنَا اصرِف عَنّا عَذابَ جَهَنَّمَ ۖ إِنَّ عَذابَها كانَ غَرامًا 

إِنَّها ساءَت مُستَقَرًّا وَمُقامًا

"އަޅަމެންގެވެރި ރަސްކަލާކޮ! ނަރަކައިގެ ޢަޛާބް އަޅަމެންގެ ކިބައިން ދުރުކުރައްވަވައިފާނދޭވެ! ހަމަކަށަވަރުން އެތަނުގެ ޢަޛާބަކީ ވަކިނުވެ ދެމިހުންނަ ކަމެކެވެ. ހަމަކަށަވަރުން ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި ޤާއިމްވެތިބޭތަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ."

އަލްފުރްޤާން: ( 65، 66 )

މިއަދު އޮންލައިން