ތިމާގެ ދަރަޖަ މަތިވެރިކުރެއްވެވުމުގެ އިތުރުން ބޭނުންވާ ކަންކަން ފުއްދަވައިދެއްވެވުން އެދިގެންވެސް ކުރަން އޮތް ޢަމަލު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިމާގެ ދަރަޖަ މަތިވެރިކުރެއްވެވުމުގެ އިތުރުން ބޭނުންވާ ކަންކަން ފުއްދަވައިދެއްވެވުން އެދިގެންވެސް ކުރަން އޮތް ޢަމަލު- ޤުރްއާނުން

އަހަރެމެން ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އެދުމަކަށްވާނީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވެވުމެވެ. އެކަމަށް ޔަޤީންމަގު ﷲ ތަޢާލާވަނީ އަންގަވައިދެއްވަވައިފައެވެ.

"—ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7)

 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ނިޢްމަތްތަކަށް ޝުކުރުވެރިވުން ގިނަކުރާށެވެ! އެއިރުން ތިބާއަށް ދެއްވަވާ ނިޢްމަތްތައް އެތައް ގުނައަކަށް ގެންދަވާނީ އިތުރުކުރައްވަވަމުންކަން މިއޮތީ އެކަލާނގެ ވަޙީ ބަސްފުޅުން އެނގޭށެވެ. ޔަޤީންވާށެވެ! އަދި ޝުކުރުނުކުރުމުން ދެން ކަންތައްތައް މެދުވެރިވާނެ ގޮތް ވެސް މިއޮތީއެނގޭށެވެ. އެމީހަކަށް ހުރީ ގަދަފަދަ ޢަޛާބް ކަމެވެ.

" ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ." އޮތުމުން ރަޙްމަތް މިންވަރުކުރެއްވެވުމުގައި އެއްވެސް އިމެއް ނެތަކަން އެނގި ޔަޤީންވެގެންދެއެވެ.

ވީމާ ޝުކުރުވެރިވުން ގިނަކުރާށެވެ! އެއީ ހަމައެކަނި ޝުކުރުވެރިވާކަމަށް ބުނެލުމެއް ނޫނެވެ! ޢަމަލުން އެކަން ދެއްކުމެވެ. ތަޤްވާވެރިކަން އިތުރުކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުވެހުރުމެވެ.

ﷲ ތަޢާލާގެ އެއްވެސް ވަޙީ ބަސްފުޅަކަށް ޝައްކުކުރުމެއް ނެތެވެ. އޮތީ ޔަޤީންކުރުމެވެ. ކުރިން ބުނިފަދައިން ﷲ ތަޢާލާ މިވަނީ ޝުކުރުވެރިވާ އަޅުންނަށް އެމީހުންގެ ބޭނުންތައް އެއްވެސް އިމެއް ނެތި ފުއްދަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަން ދެއްވަވައިފައެވެ.

--އުސްތާޛް ނޫމާން ޢަލީކާންގެ ދަރުސަކުން

މިއަދު އޮންލައިން