އެކުވެރިޔާ ނުވަތަ އަނެކާގެ ތަނަވަސްކަން ބޮޑުވުމަކީ އޭނާ އުޅެނީ މާއުފަލުގައިކަމަށް ޤަބޫލުކުރެވި ކަންބޮޑުވާންވީ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެކުވެރިޔާ ނުވަތަ އަނެކާގެ ތަނަވަސްކަން ބޮޑުވުމަކީ އޭނާ އުޅެނީ މާއުފަލުގައިކަމަށް ޤަބޫލުކުރެވި ކަންބޮޑުވާންވީ ކަމެއް ނޫން!

އެއްވެސް ދެމީހަކަށް ކަންކަން މެދުވެރިވާނީ އެއްގޮތަކަށް ނޫނެވެ. ނިޢުމަތްތައްވެސް ދެއްވަވާނީ އެއްވަރަކަށް ނޫނެވެ. އެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ޤަބޫލުކުރުމަކީ ތިމާއަށް ދެއްވެވި މިންވަރަށް ޝުކުރުވެރިވުމެވެ.

ތިމާއަށްވުރެ ތަނަވަސް މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެދާނެއެވެ. މަތިވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އޭނާ އެހުރީ ތިބާއަށްވުރެ އުފަލުގައިކަމަށްވުމެއް ނޫނެވެ. އެކަން އެންމެ ފަސޭހައިން އެނގޭ ސަބަބަކީ މިލިއަނަރުންވެސް ހިތްދަތިކަމުގައި އުޅޭކަމެވެ. އަދި ފަޤީރުން ހިތްހަމަޖެހިގެން އުފަލުގައި އުޅޭ ކަމެވެ.

ވީމާ އެކުވެރިޔާ އަށް ތަނަވަސްކަން ލިބިފައިވީނަމަވެސް އޭނާ އުލެމުން އަންނަނީ ތިބާއަށްވުރެ އުފަލުގައި ކަމަކަށް ނުނިންމޭނެއެވެ. ދެން ބަލައިލަންވީ އުފާވެރިކަން ލިބެން އޮތީ ކިހިނަކުން ކަމާއިމެދުގައެވެ.

އުފާވެރިކަން ލިބެން އޮތީ ﷲ ތަޢާލާ ތިމާއަށް ދެއްވަވާ މިންވަރަށް ޝުކުރުވެރިވެވޭނަމައެވެ. އެވަރު މަދުކަމަށް ވިސްނޭނަމަ އެމީހަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ޝުކުރުވެރިވުމާއިބެހޭ ގޮތުން އެނގުން މުހިންމު ފިލާވަޅެއް!

އެންމެން ފެންބޮވައިގެންފައިތިބި ވަޤުތެއްގައި އެންމެ ފުރަތަމަ އެންމެން (ރައްޓެހިން، ގޭގެއެންމެން) އެއްތަނަކަށް އެއްވާށެވެ! ޖަމާވެ ހަމަޖެހުނީމާ ބިއްލޫރިތަށްޓެއްގެ މުދާއި ހަމައަށް ފެންއަޅާފައި އެންމެންނަށް ފެންނަ ގޮތަށް ބަހައްޓާށެވެ.

އެއަށްފަހު ތަށީގައި ފެންހުރި ގޮތާއިމެދު ސުވާލުކުރާށެވެ. ކޮންމެ މީހަކާއިވެސް ސުވާލުކުރަންވާނީ ވަކިވަކިންނެވެ.

ޢާންމުގޮތެއްގައި ލިބޭނީ 2 ޖަވާބެކެވެ.

1 އެއީ ތަށި ވެސް ނުފުރި ހުރި ބައިތަށިފެން ކަމަށެވެ.

2 އެއީ ތަށީގެ ދެބައިކުޅައަށް ނުވަތަ މެދާއިހަމައަށް ފުރައި ހުރި ފެން ކަމަށެވެ.

މި 2 ޖަވާބަކުވެސް އެއްވެސް މައްސަލައެއް ނެތެވެ. ތަފާތުވަނީ ޖަވާބުދިން ޢިބާރާތެވެ.

"އެއީ ތަށި ވެސް ނުފުރި ހުރި ބައިތަށިފެންކަމަށް" އެބުނީ ބައިތަށިފެން ލިބުމުން ޝުކުރުނުކުރެވޭ އަދި އެކަން ބަލައިވެސް ނުގަންނަ މީހުންނެވެ.

"ތަށީގެ ދެބައިކުޅައަށް ނުވަތަ މެދާއިހަމައަށް ފުރައި ހުރި ފެން" ކަމަށް އެބުނީ އެފެންފޮދު ލިބުމުންވެސް ޝުކުރުކުރާ މީހުންނެވެ.

އުފަލުގައި ދުނިޔޭގައި ދިރިއުޅެވޭނީވެސް އަދި އާޚިރަތް ދުވަހު މޮޅު ގޮތްތައް ހޯދޭނީވެސް ދެންމެ މިބުނި ފަދައިން 2 ވަނަ ވިސްނުމުގައި ޖަވާބުދިން މީހުންނަށެވެ! ދެއްވެވި މިންވަރަށް ޝުކުރުވެރިވެވޭ މީހުންނަކީ އެއީއެވެ!

މިއީ އަހުރެންގެ ވިސްނުމުން ބުނެލި ބަސްކޮޅެކެވ. ބުނަން ބޭނުންވަނީ ކަމަކަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ތިއްބައި އެއިގެ ތެރެއިން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ޙާޞިލުކުރެވިއްޖެނަމަ އުފާކުރާށެވެ. ޝުކުރުވެރިވާށެވެ. އެއިރުން ދެން އޮތްބައިވެސް ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން