ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފި

2020 ވަނަ އަހަރު ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށް އެބަ ދެއެވެ.

މި ގޮތުން މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ 12 ން 24 އާ ދެމެދު އެ ސަރަހައްދު ދިރާސާ ކުރުމުގެ ފުރަތަމަ މަސައްކަތް ކުރިޔަށްދާނެއެވެ. އެއީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެންނެވެ.

މި ޕްރޮގްރާމުގައި މި މަރުކަޒުގެ މުވައްޒަފުންގެ އިތުރަށް ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ބައިވެރިވެއެވެ.

ދެހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާ ހިއްސާކުރެވޭނެއެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން