ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް އަރައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 53ސ
ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް އަރައިފި

ދިވެހި ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 179.1 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮމަކޮށްފިއެވެ. މިއީ ފާއިތުވި މަހާ އަޅާބަލާއިރު 54 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. ރަސްމީ ރިޒާވް ޖެނުއަރީ މަހުގެ ނިޔަލަށް ހުރި 708.1 މިލިއަން ޑޮލަރުން ފެބްރުއަރީ މަހުގެ ނިޔަލަށް 832.1 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޭނުންކުރެވޭ ރިޒާވަށް ބަލާއިރު، ޖެނުއަރީ މަހުގެ ނިޔަލަށް ހުރި 116 މިލިއަން ޑޮލަރުން ފެބްރުއަރީ މަހުގެ ނިޔަލަށް 179.1 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ 63 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިޒާވް އިތުރުވުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ. ޚާއްޞަކޮށް ބޭރު ފައިސާގެ ރިޒާވް އިތުރުވުމުން ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، އިމްޕޯޓް ކުރުމަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން