ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދަށްވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދަށްވެއްޖެ!

މިއަހަރުގެ ފުރަތަމަ 6 ހަފްތާގައި ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދަށްވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން ނެރޭ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން ފެބްރުއަރީ 13 ގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ. އެއީ 3.8 ބިލިޔަން ރުފިޔާއެވެ. ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1.7 ބިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 541 މިލިޔަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 28 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ ޚަރަދުތައް ހުރީ 3 ބިލިޔަނުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 4.1 ބިލިޔަނާ އަޅާބަލާއިރު 1 ބިލިޔަންގެ ދަށްވުމެކެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ ރިކަރަންޓް ޚަރަދަކީ 2.8 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 169 މިލިޔަން ރުފިޔާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުތަކތުތަކުގެ ނަތީޖާ ފެންނަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މިކަމުން ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވުމަށް މަގުފަހިވާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.                     

މިއަދު އޮންލައިން