ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކުރައްވައިފި

ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކުރައްވައިފިއެވެ. 

އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލަކީ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ ވަނީ ޔުނައިޓެޑް ކިންގްޑަމްގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލްއިން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައެވެ.

ޝަމްޢާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން، އޭނާގެ ފަންނީ ކެރިއަރުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމު އަދި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ފުރުއްވާފައިވެއެވެ.

މި މަޤާމަށް ޝަމްޢާ އައްޔަންކުރައްވާފައިވަނީ ކުރިން މި މަޤާމުގައި ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަކީ ރާއްޖޭގެ ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ މުހިންމު މަޤާމެކެވެ.                     

މިއަދު އޮންލައިން