މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް އެ މަޤާމުން ވަކިކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކޙިއްސާކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ ޝިޔާމް އިބްރާހިމް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ނިންމުން ނިންމި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްޕީއެލްއަކީ ދިވެހިރާއްޖޭގެ ބަނދަރުތައް ހިންގާ މައި ކުންފުންޏެވެ. މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށެވެ.