ތަނަވަސްކަމަށް މާބޮޑަށް ދަހިވެތިވާ މީހުންނަށް ފިލާވަޅެއް!

ކިޔުމަށް ހޭދަވާނީ 2މ 24ސ
ތަނަވަސްކަމަށް މާބޮޑަށް ދަހިވެތިވާ މީހުންނަށް ފިލާވަޅެއް!

ސިއުޒާ

 

އަންހެނަކަށް އޭނާގެ މައިދައިތަ ތިޖޫރީއިން ރުފިޔާ ނަގަނިކޮށް ފެނުނެވެ. އަދި ވަރަށް ބާރަށް ހަޅޭލަވައި ގަތެވެ. "ތިޔަ ރުފިޔާގައި އަތްނުލާ. ތީ އަހަރެންގެ ރުފިޔާ." "މާފުކުރޭ ދަރިފުޅާ" މައިދައިތަ މާފަށް އެދުނެވެ. 

ކުއްލިއަކަށް އޭނަގެ ފިރިމީހާ ވަދެގެން އަންނަތަން ފެނުމުން އެ އަންހެނާގެ މޫނުގެ ސިފަ  ވަގުތުން ބަދަލުވިއެވެ. " އަހާ މަންމާ، މަންމަ ރުފިޔާއަކަށް ބޭނުންވެފަ އިންކަމެއް ނޭންގެ. އަހަރެން ގާތު ބުނެލިނަމަ. މަންމައަށް އެނގޭނު އަހަރެން މަންމައަށް އަޅާލާކަން." 

މި ހިތްގައިމު މަންޒަރު ފެނި އަޑުއިވުމުން އޭނަގެ ފިރިމީހާ ހިނިތުންވެލިއެވެ. 

ދުވަސްތަކެއް ފަހުން އެ ދެމަފިރިން ވަރަށް މީހުން ގިނަ ސަރަޙައްދަކުން ހިނގާލާފައި ދިޔައެވެ. ކުއްލިއަކަށް އެ އަންހެނާ ހަޅޭލަވަން ފެށިއެވެ. 

"މީހެކޭ، އެހީވެދީ. މި މީހާ އަހަރެންނަށް އަނިޔާކުރަނީ. އަދި އަހަރެން ދިޔަ ނުދީ ހިފަހައްޓަނީ" މީހުންތައް އެދިމާ ބަލަންފެށިއެވެ. ފިރިމީހާ ހައިރާންވިއެވެ. އަދި ބުނެލިއެވެ. "އަހަރެން ދުވަހަކުވެސް އެހެނެއް ނުހަދަމެވެ." 

އެވަގުތު ފުލަހަކު އައިސް އެ ފިރިހެންމީހާ ގެންދިޔައެވެ. 

ދުވަސްތައް ފާއިތުވެގެން ދިއުމަށްފަހު އެ އަންހެނާ އިނީ ކޯޓްރޫމްގައި ހިނިތުން ވެލައިގެންނެވެ.

"އިއްޒަތްތެރި ޣާޒީ. އަހަރެންގެ ފިރިމީހާ އަހަންނަށް އިހާނެތިކޮށް ކަންތައް ކުރީ. އަހަރެންނަށް އޭނަގެ މުދަލުގެ % 50 ހައްޤުވާނެއެވެ." 

އެހެން ބުނެފައި އެ އަންހެނާ އަދި ބޮޑަށް ހިނިތުން ވެލިއެވެ. އޭނާ މުއްސަނދި ވާން އުޅެނީކަމަށް ހީކުރެވުނެވެ. 

ޣާޒީ ބޯ ޖަހާލިއެވެ.

"އޭނަގެ މުދަލުން ކަލެއަށް ލިބޭނީ ފަންސާސް ޑޮލަރެވެ." 

އެ އަންހެނާ ގަނޑުވިކަހަލައެވެ ސުވާލުކުރިއެވެ. " ކީކޭ؟ "

ޣާޒީ ތަފްސީލް ކޮށްދިނެވެ. 

"ކަލޭގެ ފިރިމީހާގެ މުދަލުގެ ޖުމްލަ އަދަދަކީ ސަތޭކަ ޑޮލަރެވެ. އެހެން ހުރިހާ އެއްޗެއްގެ ޤާނޫނީ ޙާއްޤުދާރާކީ އޭނަގެ މަންމައެވެ." 

ހިނދުކޮޅަކަށް ކޯޓް ރޫމް ހަމަހިމޭން ވިއެވެ. 

އޭނަގެ ފިރިމީހަ އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ.

"ފުރަތަމަ ދުވަހުންސުރެވެސް އަހަންނަށް އެނގުނު ކަލޭ ހަމައެކަނި ބޭނުންވަނީ އަހަރެންގެ ތަނަވަސްކަންކަން. އެހެނެވެގެން އަހަރެން އަބަދުވެސް އައީ ހުރިހާ އެއްޗެއް އަހަރެންގެ މަންމައަށް ޓްރާންސަފާރ ކުރަމުން. އެއީ ބުރަ މަސެއްކަތް ކޮށްގެން އަހަރެން ބަލާ ބޮޑުކޮށް މިއަދު އަހަރެން މި ހުރި މަޤާމަށް އަހަރެން ގެނެސްދިން އަންހެނާ. އަހަރެން ހޯދި ކޮންމެ ފައިސާ ފޮއްޗެއްގެ ޙައްޤުދާރަކީ އެއީ. ޢިއްޒަތްތެރި ޣާޒީ، އަދި މި އަންހެނާ އަހަރެންގެ މަންމަގެ ތިޖޫރީން ވަގަށް ރުފިޔާ ނެގިކަން ދައްކުވައިދޭ ސީ.ސީ.ޓީ.ވީ ފްޓޭޖް އަހަރެންގެ އަތުގައި އެބައޮތް. އިންބާފު ޤާއިމްކޮށް އޭނާ ޖަލަށް ލާ" 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ބަލާފައިވާ ވީޑިއޯ ކްލިޕެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ މިފަދަ ގޮތްގޮތަށް ކަންކަންކުރާ މީހުންނަށް ޢިބްރަތަކަށެވެ.

މިއަދު އޮންލައިން