އެނގުން ވަރަށް މުހިންމު!: މިކަންކަން އެނގުމުން ކައިވެނިކުރުން ލަސްކުރާނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެނގުން ވަރަށް މުހިންމު!: މިކަންކަން އެނގުމުން ކައިވެނިކުރުން ލަސްކުރާނަން ހެއްޔެވެ؟

އަހުރެންގެ އަޑަށް ލެވުނުހައި ބާރެއްލާފައި، މިހިރަ ސްޕީކަރުތައް ފަލައިގެންދާހައި ބާރަށްވެސް ލޯބިވެރިން ނުގެންގުޅުމަށް ބުނެފާނަމެވެ. އެހެން ބުނަންވެސް ޖެހެއެވެ. ނަމަވެސް ސުވާލަކީ އެއަޑު އަހާނީ ކާކު ހެއްޔެވެ؟ މިބުނަނީ އަހުރެންގެ އެބަހަށް ޢަމަލުކުރާނީ ކާކުހެއްޔެވެ؟  

ކުރިން އަހުރެމެން ޤަބޫލުކުރަނީ ލޯބިވެރިން ގެންގުޅުމަކީ ޒުވާންކުދިން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު ހުއްސަރިބައިނަމަ ލޯބިވެރިން ގެންގުޅެން ވަކިޢުމުރެއް ނެތެވެ. 50، 60 އަހަރުގެ މީހުންވެސް ލޯބިވެރިން ގެންގުޅެއެވެ. އަންހެނުންވެސް ފިރިހެނުންވެސް ލޯބިވެރިން ގެންގުޅެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއް ނެތެވެ. ކައިވެނިކުރެވެން އޮއްވައި ކައިވެނިކުރުން ލަސްކުރަން ބުނާނަމަ އެއީ ތިބާގެ ޢަދާވާތްތެރިއެކެވެ. އެހެނީ އެމީހަކު އެމަސައްކަތްކުރަނީ ތިބާ ލައްވައި ފާފަކުރުވާށެވެ!  

ހިތުގައި އުފެދޭ ލޯބީގެ ޖަޒުބާތުގެ މައްޗަށް ކެތްތެރިވެވޭނީ ސަތޭކައަކުން އެކަކަށެވެ. މާނައަކީ އެހައިވެސް މަދުބައަކަށެވެ. އެއްކޮޅުން ހިތް ތެޅި ފޮޅެނީއެވެ. އަނެއްކޮޅުން ޝައިޠޯނާ ވަސްވާސްދެމުން ގެންދަނީއެވެ. މިޙާލަތުގައި ކެތްތެރިވެވޭނީ ހަމަ ވަރަށް މަދުމީހަކަށެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކައިވެނިކުރެވެން އޮއްވައި ކައިވެނިނުކޮށް ތިބެ ލޯބިވެގެން އުޅެވޭނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ދުރަށްދެވޭނެ ޢަމަލުތައް ކުރެވޭނެއެވެ. ޖަޒުބާތުގައި ޖެހިގެންހުރެ އެކަކު އަނެކަކަށް ބެލުމަކީވެސް ފާފައެކެވެ. ދެން ހުރި ކަންކަމުގެ ފާފަ ދާނީ ބޮޑުވަމުންނެވެ.  

ވީމާ ކައިވެނި ލަސްކުރަން ބުނާ މީހާ އެމަސައްކަތްކުރަނީ ތިބާ ލައްވައި ފާފަކުރުވައި ﷲ ތަޢާލާގެ ރުހިވޮޑިގަތުމުން މަޙްރޫމްކުރުވާށެވެ. ބިއްދީގެ ބޭނުން ހިފައި އެމީހުންނާއި ދުރުހެލިވާށެވެ! ކައިވެނިކުރުން އަވަސްކުރާށެވެ!

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން