ހަނދުމަކޮށްދިނުމެއް!: ނަމާދުގައި ސަލާމް ދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ ﷺ ނަޙީ ކުރައްވާފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުގައި ސަލާމް ދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ ﷺ ނަޙީ ކުރައްވާފައިވާ ކަމެއް!

لحمد لله والصلاة والسلام على رسوله ، أما بعد : 

ނަމާދުގައި ސަލާމްދޭއިރު އަތް ފޮޅުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ނަޙީ ކުރައްވާފައިވާ ކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.  

مَا شَأْنُكُمْ تُشِيرُونَ بِأَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمْسٍ؟ إِذَا سَلَّمَ أَحَدُكُمْ فَلْيَلْتَفِتْ إِلَى صَاحِبِهِ، وَلَا يُومِئْ بِيَدِهِرواه مسلم 

މާނައީ: ”ތިއަބައިމީހުން (ނަމާދުގައި ސަލާމް ދޭއިރު) ވަގު އަހެއް ނިގޫ ތަޅުވާހެން، ދެއަތް ދެފަރާތަށް ފުރޮޅަނީ ކީއްވެހެއްޔެވެ؟ ތިއަބައިމީހުންކުރެ މީހަކު ސަލާމްދޭއިރު އޭނާގެ ކައިރީގައި އިން އަޚާއާވީ ފަރާތަށް އެބުރިލާށެވެ. އަދި އަތުން އިޝާރާތް ނުކުރާށެވެ!“

 

- ޝައިޚް މުޖުތަބާ ޙަމީދު

 

މިއަދު އޮންލައިން