ޒަވާޖީ ޙަޔާތާމެދު ދަސްކުރުން މުހިންމު ފިލާވަޅެއް!: ތަނަވަސް ފިރިމީހާ އާއި ވަކިވެ ފަޤީރަކާއި ގުޅި މާއުފަލުގަ އުޅެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޒަވާޖީ ޙަޔާތާމެދު ދަސްކުރުން މުހިންމު ފިލާވަޅެއް!: ތަނަވަސް ފިރިމީހާ އާއި ވަކިވެ ފަޤީރަކާއި ގުޅި މާއުފަލުގަ އުޅެވެނީ ކީއްވެ؟

ކައިވެނިކޮށްގެން އެތައް އަހަރެއްވަންދެން އެކުގައި އުޅެފައި ވަކިވެ ދެވަނަ ބައިވެރިއަކާއިއެކު މާއުފަލުގައި އުޅޭތަން ފެނުމުން ގިނަ ބައެއްގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ. އޭނާގެ އައު ބައިވެރިޔާ އޭނާއަށް މާބޮޑަށް ލީބިދީ އަތުގައި ހިފައިގެން ހިނގާތަން ފެނުމުން އިންތިހާއަށް އަސަރުވެސް ކުރެއެވެ. އަހުރެންނާއިއެކު އުޅުނުއިރު އޭނާގެ ކިބައިން އެއުފާވެރިކަން ނުފެނުނީ ކީއްވެގެން ކަމާއިމެދުވެސް ސުވާލު އުފައްދައެވެ.  

އެގޮތުން ކުރެވޭ ސުވާލުގެ ޖަވާބަކީ ތިބާއަށް އަގުބޮޑު ޖަވާހިރެއް ލިބުމުން އެއިގެ އަގު ވަޒަންކުރަން ނުއެނގުނީއެވެ. މާނައަކީ ލިބުނު ބައިވެރިޔާއަށް ލޯބިދީގެން އޭނާގެ ކިބައިން ލޯބި ހޯދަން ނުއެނގުނީއެވެ. ތިބާއަކީ މާމޮޅު މީހެއްކަން ވަޒަންކުރެވި ބައިވެރިޔާގެ އަގު ވަޒަންނުކުރީއެވެ.  

ޒަވާޖީ ޙަޔާތެއްގައި އުފާވެރިކަން ލިބުން އޮތީ އެކުގައި ހޭދަކުރެވޭ މުއްދަތަކުން ނޫނެވެ. އަދި އެކެއްގެ ކިބައި ހުންނަ ތަނަވަސްކަން ބޮޑުވުމަކުންވެސް ނޫނެވެ. ބައިވެރިޔާއާއިމެދު ޢަމަލުކުރެވޭ ގޮތަކުންނެވެ. ބައިވެރިޔާއާއިމެދު ރަނގަޅު ގޮތުގައި ޢަމަލުކޮށްގެންނެވެ.  

ތަނަވަސް މީހާއާއި ވަކިވެ މާފަޤީރު މީހުންނާއިއެކު މާއުފަލުގައި އުޅެވޭތަން ފެންނަ ސަބަބަކީވެސް ހަމަ މިއީއެވެ. ތަކުރާރުކޮށްލާނަމެވެ. ސިކުނޑީގައާއި ކަރުދާހުގައިވެސް ނޯޓުކުރާށެވެ! ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ގުޅިފައިވަނީ އެކުގަ ހޭދަކުރެވޭ އަހަރުތަކަކާއެއް ނޫނެވެ. އަދި ތަނަވސްކަމަކާއިއެއްވެސް ނޫނެވެ. ބައިވެރިޔާގެ އަގު ވަޒަންކޮށް ލޯބިދީގެން އެކުގައި އުޅެން މަސައްކަތްކުރެވޭ މިންވަރާއިއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން  

މިއަދު އޮންލައިން