ގޭގަ ދަމުނަމާދުކުރާނަމަ ޅިޔަނުގެ ފަހަތުގައި އެކަނިހުރެ ނަމާދުކުރުން ހުއްދަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގޭގަ ދަމުނަމާދުކުރާނަމަ ޅިޔަނުގެ ފަހަތުގައި އެކަނިހުރެ ނަމާދުކުރުން ހުއްދަވާނެތަ؟

ގޭގައި ދަމުނަމާދުކުރާނަމަ ޅިޔަނުގެ ފަހަތުގައި އެކަނިހުރެ ނަމާދުކުރުން ހުއްދަވާނެތޯ؟ ޅިޔަނަކީ ވަރަށް ރީތިކޮށް ކިޔަވާ މީހެއް!

ޖަވާބުގައި ބުނެލަން އޮތީ ޅިޔަނަކީ މަޙްރަމެއް ނޫނެވެ. ވީމާ ހުއްދައެއް ނުވާނެއެވެ. ކަމުގެ ޙުކުމް ތިރީގައިވާ ލިޔުމުން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

ސާފުކޮށް އެނގެން އޮތްކަމަކީ ހަމައެކަނި އެންމެ އަންހެނެއް ހުރިނަމަ އޭނާގެ މަޙްރަމެއްކަމުގައި ހިމެނޭ މީހަކާ އެކު މެނުވީ ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. އަދި އަންހެނުން އަބަދުވެސް މަޑުކުރާނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ އިމާމުވެ ނަމާދުކުރަނީ އޭނާގެ މަޙްރަމެއްކަމުގައި ވީނަމަވެސް ނުވަތަ އެނޫން މީހެއްކަމުގައި ވީނަމަވެސްއެވެ.

އޭގެން އިސްތިޘްނާކުރެވޭ ޙާލަތަކީ އެކަހެރިވުމެއް ނުހިމެނޭ ޙާލަތްތަކެވެ. މިޘާލަކަށް މިސްކިތެއްގެ އިމާމަކު މިސްކިތައް އައިއިރު އެންމެ އަންހެނަކު މިސްކިތުގައި ހުރުމެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ބައެއް މިސްކިތްތަކުގައި ދަމުނަމާދުކުރާއިރު މެދުވެރިވާ ޙާލަތެކެވެ. އިމާމުމީހާ އަންނަ އިރު އެންމެ އަންހެނަކު ފިޔަވާ އެހެން ބަޔަކު މިސްކިތުގައި ނެތުމުން ނަމާދުފަށަނީއެވެ. އެއަށް ފަހު މީސްތަކުން އަތުވެދާނެއެވެ.

މުހިންމުކަމަކީ ފިރިހެނުންނާއެކު ނަމާދުކުރާއިރު އަންހެނުން ހުއްޓި ތިބެންޖެހެނީ ފިރިހެނުންގެ ފަހަތުގައެވެ. އެއީ މަޙްރަމުންނާއެކު ނަމާދުކުރިނަމަވެސް ނުވަތަ އެނޫންމީހުންނާއެކު ނަމާދުކުރިނަމަވެސް އެވެ.

މިއަށް ބިނާކޮށް، ފިރިހެނަކު އޭނާގެ އަނބިމީހާއާއެކު ނަމާދުކުރާނަމަ ފަހެ އެއަންހެނާ ހުއްޓޭނީ އޭނާގެ ފަހަތުގައިކަން ކަށަވަރެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން