ރަމަޟާން މަހުގެ ޢުމުރާއަށް ނުދެވުނު މީހުން ރަށުގައި ތިބެގެން ކޮންމެ ދުވަހަކު ޙައްޖާ ޢުމުރާއެއްގެ ޘަވާބު ހޯދަމާ! ލިބެން އޮތް މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ރަމަޟާން މަހުގެ ޢުމުރާއަށް ނުދެވުނު މީހުން ރަށުގައި ތިބެގެން ކޮންމެ ދުވަހަކު ޙައްޖާ ޢުމުރާއެއްގެ ޘަވާބު ހޯދަމާ! ލިބެން އޮތް މަގު މިއޮތީ!

އެންމެ މޮޅު އިތުރުކަން ބޮޑީ ފިރިހެނަކު ނަމަ ޖަމާޢަތުގައި ނަމާދުކޮށްގެން، ގޭގައި ނަމަ ވަޤުތުގެ އެންމެ ކުރީކޮޅުގައި ނަމާދުކޮށްގެން މުސައްލަމަތީގައި ޛިކުރުކިޔަން މަޑުކޮށްލައި އިރު ލޮންސިއަކަށް އެރުމުން ޟުޙާ ނަމާދުކުރުމެވެ. 2 ރަކްޢަތް ނަމަވެސްމެއެވެ. އެހެނީ އެއިރުން ޙައޖަކާއި ޢުމުރާއެއްގެ ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ. އަދި ރަސީލް ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޢަމަލުފުޅު ކުރެއްވެވި ގޮތަކީވެސް ހަމައެއީއެވެ.

އެންމެ މޮޅު އިތުރުވެގެންވަނީ ފަތިސްނަމާދަށްފަހު އަޅުކަންކުރުމުގައި ވަގުތު ހޭދަކުރުމެވެ. އެއީ އެންމެ އިތުރުކަންބޮޑުވެގެންވާ ވަގުތު ކަމުގައިވެސް ބުނެވެއެވެ. އެހެނީ އެވަޤުތުގައި ބަރަކާތް ލެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ވަނީ ދުޢާކުރައްވަވައިފައެވެ.

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ  ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله  ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"އޭނާ ނަމާދުކުރިތަނުގައި [ޤުރުއާން] ކިޔެވުމަށާއި އިސްތިޣްފާރުކޮށް (أَسْتَغْفِرُ اللهَ ކިޔުން) ތަސްބީޙަކިޔާ (سُبْحَانَ اللهِ ކިޔުން) ތަހްލީލުކިޔުމާ(لا إلٰهِ إلاّ اللهُ ކިޔުން)

  މިފަދަކަންކަމުގައި، ފަތިސް[ނަމާދުގެ] ފަހުން އިރުއަރައްޖައުމަށް ދާންދެން އިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ -عليه الصلاة والسلام- ޢަމަލުކުރައްވާފައިވާ ގޮތެވެ.

 މީހަކު އެކަންކުރުން ދޫކޮށް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކުރުން ނުވަތަ ނިދުމުން ނުވަތަ އެނޫންކަންކަމުގައި މަޝްޣޫލުވުމަކީ އެއީ މައްސަލައެއްނޫނެވެ.

"ފަތިސްނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްކަމުގައި އަޅުގަނޑުމެންނަށް އެނގިފައިނުވެއެވެ. ބައެއް މީހުންގެ މެދުގައި މަޝްހޫރުވެފައިވާގޮތުންނަމަ އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އަދި އެކަމަކީ މިފަދަ އެފަދަ ކަމެއްކަމުގައި އެމީހުން ބުނެއެވެ. އެހެނަސް އެ ބުނުމަކީ އިތުބާރުހިފޭ ދަލީލެއް އޮތް ބުނުމެއް ނޫނެވެ.

جزاكم الله خيراً."

 

މިއަދު އޮންލައިން