ހުުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރަނީ

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ މި ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައިވަނީ މިއަދު އެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް މާލެ ގުރޫފް އޮފް ހޮސްޕިޓަލްސް އިން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާއެކު މި ދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގައި މިހާރު ހުރި 7 އެނދުގެ އިމަރޖެންސީ ރޫމް ޒަމާނީ ވަސީލަތްތަކާއެކު 14 އެނދަށް ބަދަލުކޮށް، ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން މިޒިޔާރަތުގައި މިނިސްޓަރ ވަނީ އެހޮސްޕިޓަލުން މިހާރު ދެމުންގެންދާ ޚިދުމަތް ފުޅާކޮށް، ޚިދުމަތް ދިނުމުގައި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއެކު ، ރައްޔިތުންނަށް ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން