ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ފޯރަމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ފޯރަމެއް ބާއްވައިފި

ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދުމުގެ މަޤްޞަދުގައި މުޅިން އަަލަށް މަޝްވަރާ ފޯރަމެއް ބާއްވައިފިއެވެ. އިމާދުއްދީން ސްކޫލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ފޯރަމް ބޭއްވުނީ ޖަނަވަރީ 18 އަދި 19 ވަނަ ދުވަހުއެވެ.

މި ފޯރަމްގައި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީ، ދިވެހި ބަހުގެ އެކެޑަމީއާއި ޤުރުއާނާ ބެހޭ މަރުކަޒު އަދި ކެޑޭޓްކޯއާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނުން ވެސް ބައިވެރިވެއެވެ.

ފޯރަމް ފައްޓަވައިދެއްވަމުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި އުސޫލަކުން މުދައްރިސުންނާއި، ބެލެނިވެރިންނާއި، ޚާއްޞަކޮށް ދަރިވަރުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ސްކޫލު އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުން ކަމުގައެވެ.

"އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް ކޮމިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް". މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް އެދިވަޑައިގަންނަވާށާއި ދަރިވަރުންނާ ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި ދަރިވަރުންނަށް އެންމެ ބޮޑު އިސްކަމެއް ދެއްވުމަށް މަޝްވަރާ ބައްދަލުވުމުގެ އެންމެހައި ބައިވެރިންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން