އައިޔޫއެމްގެ ތަފްސީރު ފިލާވަލުތަށް އަޑުއެހުމަށް އާންމުންނަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އައިޔޫއެމްގެ ތަފްސީރު ފިލާވަލުތަށް އަޑުއެހުމަށް އާންމުންނަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް ޤުރްޢާން އެންޑް ސުންނާގެ ފަރާތުން "މަހްރަޖާނުލް ޤުރްޢާނިލްކަރީމް"ގެ ނަމުގައި ތަފާތު ކިޔެވުންތަކާއި ތަފްސީރު ފިލާވަޅުތަށް އަޑުއެހުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

މާރޗް މަހުގެ 12 ވަނަ ދުވަހުގެ 21:30ގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ޑރ.ޢަލީ ޒާހިރު، އައްޝައިޙް ނިމާލު މުޙައްމަދު، އައްޝައިޙް އަބްދުލްޢަޒީޒު ޙުސައިން، އައްޡާލިބު ދާނިޝް ބިން މުޙައްމަދު ފަތުހީ، ޑރ. މުޙައްމަދު މަސްޢޫދ ޢުލްވާނީ، އައްޡާލިބާ މުސްލާ މޫސާ، އައްޡާލިބާ އާމިނަތު ދީނާ ރަޝީދު އަދި ފަޞިލަތުއްޝައިޙުލްމުޤްރި އަޙްމަދު ލާޝީން ވަނީ މުދައްރިސުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

"މަހްރަޖާނުލް ޤުރްޢާނިލްކަރީމް"ގެ ނަމުގައި އައިޔޫއެމްގެ ޔުނިވާސިޓީ ހޯލްގައި ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އަސްލު ޓީވީ އަދި ސޯޝަލް މީޑިޔާ ލައިވް މެދުވެރިކޮށް އަޑުއެހުމުގެ ފުރުޞަތު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން