ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލަކީ ސިއްޙީ ނިޒާމަށް ލުޔެއް ގެންނާނެ އުންމީދީ މަޝްރޫޢެއް: ސިއްޙީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލަކީ ސިއްޙީ ނިޒާމަށް ލުޔެއް ގެންނާނެ އުންމީދީ މަޝްރޫޢެއް: ސިއްޙީ ވަޒީރު

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލަކީ މި ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ލުޔެއް ގެންނާނެ އުންމީދީ މަޝްރޫޢެއްކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ އައިޖީއެމްއެޗަށް ބާރުބޮޑުވެފައި އޮންނަ އޮތުމަށް އައު ހޮސްޕިޓަލާއެކު ބަދަލެއް އަންނާނެކަމަށް ވިދާޅުވިއެވެ. އަދި މި ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ރައީސް އެނިންމެވި ނިންމުމަކީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރައްވަން. އޭގެ ނަތީޖާއަކަށް ވެގެންދާނީ މިބްރިޖުން ގުޅޭގުޅުމާއެކުގައި އަދި ވިލިމާލެއާއި ޖެހިގެން އެއޮންނަ ގިރާވަރުފަޅާއި ދެންވެސް އެތަރައްޤީކުރާ ސަރަޙައްދުގައި މީހުން އާބާދުވުމާއި ގުޅިގެން، އެއާބާދީތަކަށް ހެލްތުގެ ޚިދުމަތްތައް ފަސޭހައިން ލިބުން," ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ގެންގުޅުއްވާ ތަރައްޤީގެ ޕްލޭންގެ ދަށުން އަޅާ ތިލަމާލޭ ބްރިޖާއެކު ގުޅިފަޅާއި، ގިރާވަރުފަޅުވެސް ތަރައްޤީވެގެން އަންނައިރު، މި ސަރަޙައްދުގައި އަލަށް އާބާދުވާ އާބާދީއަށް ބޭނުންވާނެ މުހިންމު ހޮސްޕިޓަލަކަށްވެސް ވިލިމާލޭ ހޮސްޕިޓަލް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، "މާލޭގައި މިހުރި މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ލުއިވާނެ ކޮންމެ ގޮތަކީ ރައްޔިތުންނަށް އޭގެ ލުއިފަުއިފަސޭހަކަން ލިބޭނެކަމެއް" ކަމަށެވެ.

މިމަޝްރޫ ނިމުމުން މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިގެންދާނެކަން ކަށަވަރެވެ.                     

މިއަދު އޮންލައިން