ކޮންމެ އަންހެނަކުވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް!: މަޙްރަމަކަށްނުވާ ނޯކަރުމީހާގެ ކުރިމަތީގަ އަންހެނުންވެސް ފިރިހެނުންވެސް އަޢުރަ ނިވާނުކުރުމަކީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކޮންމެ އަންހެނަކުވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް!: މަޙްރަމަކަށްނުވާ ނޯކަރުމީހާގެ ކުރިމަތީގަ އަންހެނުންވެސް ފިރިހެނުންވެސް އަޢުރަ ނިވާނުކުރުމަކީ ފާފަވެރިވާނެ ކަމެއް!

ގޭގަ ވަޒީފާއަދާކުރާ މީހުންނަށް ފެންނަންވާނީ ބުރުގާ އަޅައިގެންތޯ؟ 

ޖަވާބަކީ ބުރުގާ ނާޅައި ފެނުން ހުއްދަވަނީ މަޙްރަމުންނަށެވެ. ކިތަންމެ ވަފާތެރިނަމަވެސް ނޯކަރުންނަކީ މަހްރަމުން ކަމުގައި ނުވާނަމަ އޭނާވާނީ ހިލޭ މީހަކަށެވެ. އޮންނާނީ އެއް ޙުކުމެކެވެ. ހިލޭ މީހެއްގެ ޙުކުމެވެ.  

ހަމައެއާއިއެކު ފިރިހެނުންވެސް މިކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. ގޭގައި ނޯކަރުންގެ ގޮތުގައި ޒުވާން އަންހެން ކުދިން (ޒުވާން ނޫނަސް ހިލޭ އަންހެނުން) ގެންގުޅޭއިރު އެމީހުންގެ ކުރިމައްޗަށް ނުކުމެ އުޅެންވާނީ އިސްލާމް ދީނުގައިވާ މިންވަރަށް ނިވާވެގެންހުރެއެވެ. ހަމައެކަނި ބޮކްސާކޮޅެއް ލައިގެން ނުކުމެއުޅުން ހުއްދައެއް ނުވާނެއެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ބައެއް ގޭގޭގައި މުސާރަދީގެން ނޯކަރުން ގެންގުޅޭއިރުވެސް އެމީހުން ގެންގުޅެނީ ވަރަށް ބޮޑަށް ހެޔޮކޮށް ހިތައިގެންނެވެ. ޢާއިލާގެ މީހެއްގެ ގޮތުގައި ދެކެގެންނެވެ. އެހެންކަމާއިއެކުގައިވެސް ވިސްނައިލަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ.  

އެއީ ނޯކަރުންގެ ގޮތުގައި މަޙްރަމުން ނޫން މީހުން ގެންގުޅޭނަމަ އެމީހުންގެ ކުރިމަތީގައި އަޢުރަ ނިވާކުރުމެވެ. އެކަމުގައި ސަމާލުކަންދޭންޖެހޭނީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. އަންހެނުންނާއި ފިރިހެނުންނެވެ.  

އެހެނީ ނޯކަރުންގެ ގޮތުގައި ގެންގުޅޭ މަޙްރަމުން ނޫން އަންހެނުންގެ ކުރިމަތީގައި އުޅޭއިރު ފިރިހެނުންނަށްވެސް އަޢުރަ ނިވާކުރަންޖެހޭނެއެވެ. މާނައަކީ ފޫޅާއި ކަކުލާއިދެމެދު ނިވާކުރަންޖެހޭނެއެވެ.  

"ގޭގަ މަސައްކަތްކުރާ ނޯކަރަކީ  މަޙްރަމަކަށް (ތިމާ ކައިވެނި ޙަލާލުނުވާފަދަ މީހަކަށް)  ނުވާނަމަ، އެއްވެސް ޙާލެއްގައި އޭނާގެ ކުރިމަތީގައި ބުރުގާނާޅާ އުޅުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އަދި އެކަމުގެ ސަބަބުން ތިމާ ފާފަވެރިވާނެއެވެ!" އަޙްމަދު ނިޡާމް 

މިބަސްފުޅު ވިދާޅުވެފައިވަނީ އަންހެނުންނަށެވެ. އެއީ ފިރިހެނުން އެކަމުން ބަރީޢަވާތީއެއް ނޫނެވެ. ޤުރްއާނުގައިވެސް ޙަދީޘްފުޅުތަކުގައިވެސް ހުންނަ ޙުކުމްތަކަކީ އަންހެނުންނާއި ފިރިހެނުންނާއި ދެބައިމީހުންވެސް ޢަމަލުކުރަން ޖެހޭނެ ޙުކުމްތައް ކަމުގައިވާތީއެވެ. ﷲ ތަޢާލާވަނީ ފިރިހެނުންނާއި އަންހެނުންގެ އަޢުރަ ބަޔާންކުރައްވަވައިފައެވެ.

 

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ބަސްފުޅަކުން

 

މިއަދު އޮންލައިން