ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ހާރުކެއުމަށް އެންމެ ފައިދާހުރި އެއްޗަކީ ކަދުރެވެ.
Abu Huraira reported: The Prophet, peace and blessings be upon him, said, “The most excellent pre-fasting meal of the believer is dates.”
Source: Sunan Abī Dāwūd 2345
Grade: Sahih (authentic) according to Al-Arna’ut
މިޙަދީޘްފުޅާއިބެހޭ ގޮތުން ޑރ. ޒާކިރު ވިދާޅުވެފައިވަނީ ހާރަށް ކޮންމެ އެއްޗެއް ފަރިއްކުޅުއްވެވިނަމަވެސް (ލިބިވަޑައިގަންނަވާނަމަ) ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަދުރު ފަރިއްކުޅުއްވަވާ ކަމަށާއި ފެންފޮދު ހިއްޕަވާ ކަމަށެވެ. ވީމާ ހާރަށް ކޮންމެ އެއްޗެއް ކެއި ނަމަވެސް ކަދުރު އޮށެއް ނަމަވެސް ކެއުމާއި ފެންބުއިމަކީ ސުންނަތުގައި ކުރަން އޮތް ކަމެއް ކަމަށެވެ. އަދި ޙދީ×ްފުޅުގައި އެހެން އޮތުމުން ހާރަށް ކާން އެންމެ ރަނގަޅު އެއްޗަކީ ކަދުރުކަމަށެވެ.
ވީމާ ހާރަށް ކޮންމެ އެއްޗެއް ކެއިނަމަވެސް ކައިނިމިގެން ކަދުރުއޮށެއް ކައިލާށެވެ! މިއީ ގިނަ ބައަކު އިހްމާލްވާ ސުންނަތެކެވެ. މިއީ ކަދުރުން ރޯދަ ވީއްލަން ސަމާލުކަންދޭ ފަދައިން ސަމާލުކަން ދިނުން މުހިންމު ކަމެކެވެ.
ކަދުރަށް ބަލައިފިނަމަ އެއިގައި ހިމެނޭ ހަށިގަނޑަށް ފައިދާހުރި މާއްދާތަކުގެ ސަބަބުން ރޯދައަށް ހުންނައިރު ވަރުބަލިވުން ކުޑަކޮސްދޭކަމަށް ޑޮކްޓަރުން ބުނެއެވެ. ވީމާ މިއީ ދަރިންނަށްވެސް ފައިދާކުރާނެ ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޑރ. ޒާކިރު ނައިކުގެ ބަސްފުޅު އަޑުއައްސަވާލައްވަން-: