ފައިކުރި ދިގުކުރުމުގަ އެންމެ ރައްކައުތެރިގޮތް އިޚްތިޔާރުކުރައްވާ! އެއިރުން ފަހުން ދެރަވާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފައިކުރި ދިގުކުރުމުގަ އެންމެ ރައްކައުތެރިގޮތް އިޚްތިޔާރުކުރައްވާ! އެއިރުން ފަހުން ދެރަވާކަށް ނުޖެހޭނެ!

ކޮންމެ ކަމެއްގައިވެސް އެންމެ ފައިދާހުރި ގޮތަކަށްވާނީ އެކަމެއް ކުރަން އޮތް އެންމެ ރައްކައުތެރި ގޮތަކަށް ކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެކަން ޔަޤިންވާނެ ގޮތަށް ކުރުމެވެ. ވީމާ ފޭރާންލައި އުޅުމުގައިވެސް އޮތީ އެކަމަށް ސަމާލުކަން ދިނުމެވެ.    

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:  

ބޮޑާކަމާއި ދެއްކުންތެރިކަމާއެކު ފިރިހެނުންގެ ހެދުމުގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރި ކޮށްފައި ބެހެއްޓުމަކީ ހަރާމްކަމެއްކަމާއިމެދު ހުރިހާ ޢިލްމުވެރިން އިއްތިފާޤު ވެލައްވައެވެ. އެހެންނަމަވެސް ދެއްކުންތެރިކަމާއި ބޮޑާކަމެއްނެތި ފައިކުރި ތިރިކޮށްފައި ބެހެއްޓުމާއި ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. 

ބައެއް ޢިލްމުވެރިން ހަރާމް ކަމެއްގެ ގޮތުގައި އަދި ބައެއް ޢިލްމުވެރިން މަކުރޫޙަ ކަމެއްގެ ގޮތުގައި އަދި ބައެއް ޢިލްމުވެރިން ހުއްދަ ކަމެއްގެ ގޮތުގައި ވިދާޅުވެއެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ރައްކާތެރި ގޮތް އިޚްތިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވާނެތީވެ ބޮޑާ ކަމެއް ނެތް ކަމުގައިވީނަމަވެސް ތަނބިކަށޓށްވުރެ މަތީގައި ބެހެއްޓުން އަޢުލާކަން ބޮޑުވެގެންވެއެވެ. 

ޔުނީފޯމުގެ ގޮތުގައި ފައިކުރި ދިގު ކުރަން މަޖްބޫރު ކުރުވާ ކަމަށް ވަނީނަމަ އެތަނެއްގެ ވެރިންނާ ބައްދަލުކޮށް ވާހަކަދައްކައިގެން އެކަންތައް ޙައްލުކުރެވޭތޯ މަސައްކަތް ކުރާށެވެ. އެގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ރައްކާތެރި އެހެންވަޒީފާއެއް އިޚްތިޔާރުކުރެއްވުން ރަނގަޅެވެ. واللهأعلم 

ދެންއޮތީ ތުނބުޅީގެ ވާހަކައެވެ. ތުނބުޅި އަށް މާފު ކުރުމަށާއި މަތިމަސް ކުރުކުރުމަށް، އަދި މުޝްރިކުންނާއި ތަފާތުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އުއްމަތައް އިރްޝާދު ދެއްވާފައިވެއެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

މިއަދު އޮންލައިން