ފަޖުރުލުމާ ގާތްކޮށް ހާރުކާން އުނދަގޫވާ މީހުން އެވަޤުތު ފެންފޮދެއް ބޮއެލިނަމަވެސް ފައިދާކުރާނެ 2 ކަމެއް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ: ޝައިޚް އާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފަޖުރުލުމާ ގާތްކޮށް ހާރުކާން އުނދަގޫވާ މީހުން އެވަޤުތު ފެންފޮދެއް ބޮއެލިނަމަވެސް ފައިދާކުރާނެ 2 ކަމެއް ޙާޞިލުކުރެވޭނެ! އިން ޝާ ﷲ: ޝައިޚް އާޞިމް އަލްޙަކީމް

ހާރު ކެއުން އެންމެ ރަނގަޅީ ފަޖުރުލުމާއި ވީހާ ގާތްކޮށެވެ. އެހެންކަމާއިއެކުވެސް އެވަޤުތު ހޭލައިގެން ކާން އުނދަގޫވާނެ ބައަކު ތިބޭނެއެވެ. އެފަދަ މީހުން ފަޖުރުލުމުގެ ކުރިން އެންމެ ކަދުރުއޮށެއް ނަމަވެސް ކައިލާށެވެ! އެވަރު ކުރަން އުނދަގޫވާ މީހާ ހރުކެއުމަށް ނިޔަތްގަނެ  ފެންފޮދެއް ނަމަވެސް ބޮއިލާށެވެ!  

އެއިރުން އެމީހަކަށް ދެކަމެއް ޙާޞިލުކުރެވޭނެއެވެ. ފުރަތަމަ ކަމަކީ ހާރުކެއުން ލަސްކުރުމުގެ ސުންނަތެވެ. ދެވަނަ ކަމަކަށް ހާރުކާ މީހުންނަށް މަލާއިކަތުން ހެޔޮ ދުޢާކުރައްވަވަތެވެ. ވީމާ މަލާއިކަތުންގެ ހެޔޮދުޢާވެސް އެމީހަކަށް ލިބޭނެތެވެ. އިން ޝާ ﷲ 

ދެން ހަނދުމަކޮށްލައިދޭން ބޭނުންވަނީ ރޯދައަށް ހުންނައިރު ކެރިކުޅަދާނަވީ މިންވަރަކުން ޞަދަޤާތް ކުރުމުގެ މުހިންމުކަމެވެ. ސަބަބަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑަށް ދީލަތިވެވަޑައިގަތީ ރޯދަފުޅަށް ހުންނަވައިގެންނެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން