ބޮޑާވާން ބިރެއް ނުގަނޭތަ؟ އެންމެ ކުދި ހިނިތަކެއް ފަދައިން މަޙްޝަރު ކުރެއްވެވީމާ ގައިމަތިން މީހުން ހިނގާނެ މީހަކަށް ވެއްޖެނަމަ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބޮޑާވާން ބިރެއް ނުގަނޭތަ؟ އެންމެ ކުދި ހިނިތަކެއް ފަދައިން މަޙްޝަރު ކުރެއްވެވީމާ ގައިމަތިން މީހުން ހިނގާނެ މީހަކަށް ވެއްޖެނަމަ ޙާލަކީ ކޮބާ؟

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުންވެސް އަދި މަތީ މަޤާމެއް ދެއްވެވުމުންވެސް ކިބުރުވެރިވެ ބޮޑާވާ މީހުން މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެއްވެސް ވަރެއްގެ ޝަރަފެއް ނުވަތަ ޢިއްޒަތެއް ލިބުނު ނަމަވެސްމެއެވެ. އެފަދަ މީހުން ވިސްނައިލާށެވެ!  

އިމާމް ތުރްމިޛީ ބަޔާން ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވަނީ އަހަރެމެން މިކިޔާ "އެޓޮމް"، "ޛައްރު" ނުވަތަ އެންމެ ކުޑަކުޑަ އެތީގެ ގޮތުގައި ޤިޔާމަތް ދުވަހުން މަޙްޝަރުކުރައްވަވާނެ ބައަކު ތިބޭނެ ކަމަށާއި އެމީހުންނަކީ ދުނިޔޭގައި އެމީހުންނަކީ އެންމެ މަތީ މީހުންކަމަށް ދެކެގެން ބޮޑާވެ ކިބުރުވެރިވެ އުޅުނު މީހުން ކަމަށެވެ.  

ހިނިތަކެއްފަދައިންވާ އެމީހުންގެ މަތިން ހިނގަމުން އެއީ ކޮންބައެއްތޯ މީސްތަކުން ސުވާލުކުރުމުން ލިބޭނެ ޖަވާބަކީ އެއީ ބޮޑާވެ ކިބުރުވެރިވެ އުޅުނު މީހުން ކަމެވެ.  

ޤިޔާމަތް ދުވަހަކީ ދުނިޔެ ފެށުނީންސުރެ ނިމެންދެން ދުނިޔޭގައި އުޅުނު އެންމެން އެއްކުރެއްވެވޭނެ ދުވަހެވެ. ތިބާއަކީ ކުޑަކުޑަ ހިންޏެއް ފަދަ އެއްޗަކަށްވާޙާލު އެމީހުން ތިބާގެ ގައިމަތިން ޗިސްކުރަމުން ހިނގީމާ ވާނެ ތަދު އިޙްޞާޞްކޮށްލާށެވެ! އެދުވަހު ކިތަންމެ ގިނަ ފަހަރަށް ޗިސްވިޔަސް މަރުވުމެއް ނެތެވެ. އޮތީ އަނިޔާ ލިބިލިބި ހުރުމެވެ.  

ޤިޔާމަތް ދުވަހަކީ 50،000 އަހަރަށް ދެމިގެންދާ ދުވަހަކަށްވުމަކީ އެހައިދުވަސްވަންދެން ޢަޛާބު ނުލިބި ތިބެވުމެއް ނޫނެވެ. ކައްވަޅުން މީހާ ތެދުވީންސުރެ އެމީހަކަށް ޙައްޤުވެގެންވާ ޢަޛާބު ދާނީ ލިބެމުންނެވެ. އެކި ގޮތްގޮތުންނެވެ.  

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން  

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

 “The arrogant and the tyrants will be gathered on the Day of Resurrection as tiny particles. The people will trample upon them due to their disgrace before Allah Almighty.”

Source: al-Tawāḍu’ wal-Khumūl 224

 

 

 

މިއަދު އޮންލައިން