ދުނިޔެވެސް އާޚިރަތްވެސް ލިބޭނީ މިކަމަށް ސަމާލުވެގެން! ވަޤުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތަށް ހިފަން މަގުފަހިކޮށްދެއްވެވުން އެދި ކުރާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދުނިޔެވެސް އާޚިރަތްވެސް ލިބޭނީ މިކަމަށް ސަމާލުވެގެން! ވަޤުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތަށް ހިފަން މަގުފަހިކޮށްދެއްވެވުން އެދި ކުރާނެ ދުޢާއެއް!

އަޅުގަނޑަކީ ވަރަށް ބާރަށް ކުރިއަރަން ބޭނުންވާ އަންހެނަކީމެވެ. ޢުމުރުން 30 އަހަރުގައި މިއުޅެނީ ކުޑަ ފިހާރައެއްވެސް ހުޅުވައިގެންނެވެ. އަޅުގަނޑަށް ކުރިމަތިވާ އެންމެ ބޮޑު އެއްކަމަކީ އެކަންކަމަށް ވިސްނުމުން އަޅުގަނޑަށް ފައިދާއެއް ނުކުރާނެ ކަންކަމަށް ވިސްނޭކަމެވެ. ކޮންމެ ދުވަހަކު އެކަމާއި ދެރަވެ ވިސްނަންވެސް ވިސްނަމެވެ.

މިފަދަ ކަމަކަށް އޮތް ޙައްލެއް އެނގިލައްވާތޯ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކަމަކަށް ޚިޔާލުކުރެވުމުން އެއީ ތިމާއަށް ޙާޞިލުނުކުރެވޭނެ ނުވަތަ އެއްވެސް ފައިދާއެއް ނުކުރާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭނަމަ އެކަމަށް އެހައި ބޮޑަށް ނުވިސްނާށެވެ. އެއީ ހަމަ އެކަނި ޚިޔާލެއް ކަމަށް ބަލައި އެއްފަރާތުގައި ބާއްވާލާފައި ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރާ އަދި ތިމާއަށް ފައިދާކުރާނެ ކަންކަމާއިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ!

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

އަހަރެމެންގެ އުމުރު ހަމައެކަކަށްވެސް ނުއެނގެއެވެ. ދުނިޔޭގައި ހުރެވޭނީ ކިހައި ދުވަހެއްވަންދެން ކަމެއްވެސް ނޭނގޭނެއެވެ. މަރު އައިސް ބައްދަލުކުރާނީ ކޮންވަގުތަކުކަމެއް ވެސް ނުއެނގޭނެއެވެ.

އެނގޭކަމަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމެވެ. މަރުވުމުން އެމީހަކަށް ޤިޔާމަތްވީކަމެވެ. ވީމާ އުމުރުގައި ދުނިޔޭގައި ހޭދަކުރަންލިބޭ މަދުވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. ބޭކާރު ކަންކަމަށް ވިސްނުމަށާއި ބޭކާރު ވާހަކަތައް ދައްކައި އަމަލުކުރަން ވަގުތުތައް ބޭކާރުނުކުރާށެވެ!

އެކަމަށް ވާގިއެދި މިފަދަ ދުޢާތައް ކުރަމުންގެންދާށެވެ!

"ޔާ ﷲ! އަޅަމެންގެ ހިތްތަކަށް އަރައިފައިބާ ކަންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ. އެކަންކަމުގެ ކޮންޓްރޯލްވެސް ވަނީ ހަމަ އިނބަ ﷲ ގެ ޙަޟްރަތުގައެވެ. މިއަޅާއަށް ފައިދާއެއް ނުކުރާނެ ކަންކަމަށް ވިސްނުމުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! އާމީން."

މިއަދު ގިނަ ބައެއްގެ ގިނަ ވަގުތު ހޭދަކުރެވެނީ ދެ ދުނިޔޭގައިވެސް އެމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމަށް ވިސްނުމަށެވެ. އަދި އެފަދަ ކަންކަމަށް ވާހަކަ ދައްކައި ޚިޔާލު ފައުޅުކުރުމަށެވެ.

އެކަމުގެ ސަބަބުން އަގުހުރި ވަގުތުތައް ބޭކާރުކުރުމުގެ އިތުރުން ޣީބަ ބުނެވި ފާފަވެރިވެސްވެއެވެ. އެހެނަސް އެކަންކަމަށްވެސް އޮންނަނީ ވސްނައި ނުލެވިފައެވެ. ވީމާ އިތުރަށް ވިސްނައިލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން