ރުޅި ކިތަންމެ ގަދަވިޔަސް އަނބިމީހާއާ ތިމާގެ މަންމައާ އެއްފަދަ ކޮށްފިނަމަ އޮތް ޙުކުމް- ލުޔެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރުޅި ކިތަންމެ ގަދަވިޔަސް އަނބިމީހާއާ ތިމާގެ މަންމައާ އެއްފަދަ ކޮށްފިނަމަ އޮތް ޙުކުމް- ލުޔެއް ނޫން!

ބައެއް ފިރިން އަނބިމީހާ ވަރިނުކޮށް އަންތބެއްގެ ގޮތުގައި ބައިންދައިގެންވެސް އަނބިމީހާ އާއި އޭނާގެ (ފިރިމީހާގެ) މަންމައާއި އެއްފަދަ ކުރެއެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.

އެފަދަ ބަހެއް ބުނެވިއްޖެ ނަމަ އޮތީ އަނބިމީހާގެ ގައިގައި ބީހުމުގެކުރިން އަޅަކު މިނިވަންކުރުމެވެ. އެކަން ކުރެވެން ނެތް މީހާއަށް އޮތީ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމެވެ. އެކަން ކުރެވެން ނެތް މީހާއަށް އޮތީ 60 މިސްކީނުންނަށް ކާންދިނުމެވެ. މިއިން ކަމެއް ފުރިހަމަނުކޮށް އަނބިމީހާގެ ގައިގައި ބީހުން ހުއްދައެއް ނުވާނެއެވެ.

ވީމާ މިފަދަ ނުބައި ބަސްތައް ނުބުނާށެވެ! ކައްފާރާ ނުދީ އަނބިމީހާއާއިއެކު އުޅުން ހުއްދަވެގެނެއް ނުވެއެވެ. އުޅޭނަމަ އެކުރެވެނީ ފާފަވެރިވަމުންދާނެ ޢަމަލެކެވެ.

ނކަން ވިސްނައިބަލާށެވެ! މިކަމުގެ ޙުކުމް ﷲ ތަޢާލާ ބާވައިލެއްވެވީ އެފަދަ ބަހެއް ފިރިމީހާ ބުނުމުން އަންހެނަކު ގޮސް ރަސޫލް އަށް ޝަކުވާކޮށް އެއިރު އެކަމަށް ޤުރްއާނުގައި ޙުކުމެއް ނެތުމުން އެކަމަނާ ﷲ ތަޢާލާއަށް ކުރި ދުޢާ އާއި ގުޅިގެން ވަގުތުންނެވެ. އެކަމުގެ ބޮޑުކަން މިކަމުންވެސް އެނގިގެންދެއެވެ.

އަނބިމީހާއަށް ކުރެވޭ ކުށެއްގެ ސަބަބުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ކިތަންމެ ގަދައަށް ރުޅި އައިނަމަވެސް އަނބިންނާއި މައިންނާއި އެއްފަދަ ނުކުރާށެވެ. އެހެނީ އެއީ ކާފާރާ ދޭންޖެހޭ ބޮޑު ފާފައެކެވެ.

ފުރަތަމަ ކަމަކީ އެއީ ބުނެވޭ ވަރަށް ނުބައި ބަހެކެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ބުނި ނަމަވެސް އެމީހެއްގެ މައިމީހާއަކީ އެމީހާ ބަނޑުއަޅައި ވިހެއި މައިމީހާއެވެ. ވީއިރު އެހެން މީހަކީ ތިމާގެ މައިމީހާކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެބުނެވެނީ ކހައި ނުބައި ބަހެއް ހެއްޔެވެ؟

އެކަމުން އެނގޭ އެއްކަމަކީ އެމީހާގެ މައިމީހާއަށް އެމީހާގެ ހިތުގައި އެއްވެސް ލޯތްބެއް ނެތްކަމެވެ. އެމީހާ އޮތް އެމީހާގެ މައިމީހާގެ ބަނޑަށް ލޯތްބެއް ނެތް މީހަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް އޮތް މީހަކު ކަމުގައި ނުވެއެވެ.

ތިމާގެ އަނބމީހާއަކީ ތިމާގެ މައިމީހާފަދަ އަންހެނެއްކަމަށްބުނުމަކީ އެއަންހެނަކާއި ކައިވެނީގެ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނޫން ކަމަށް ބުނުމެވެ. މައިމީހާ ޙަރާމްވާފަދައިން އަނބިމީހާ ތިމާއަށް ޙަރާމް ކަމަށް ބުނުމެވެ.

--އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

https://www.facebook.com/thesubmittoallah/videos/261256261986712

 

މިއަދު އޮންލައިން