ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް: ވަޒީރު

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އޮންނަ އިރު، ރައްޔިތުންގެ އިތުބާރާއި ޔަޤީކަން ދެމެހެއްޓުމަކީ ޒިންމާއެއްކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެންވިދާޅުވީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްގެ 30 ވަނަ އަސަާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެންގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އޮންނަ އިރު، ރައްޔިތުންގެ އުންމީދުތައް ހުރީ ވަރަށްވެސް މަތީގަ. އެހެންކަމުން ރައްޔިތުންގެ އިތުބާރާއި ޔަޤީކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް"

ވަޒީރު ވިދާޅުވީ ކަރެކްޝަން ސާރވީސްގެ މަސައްކަތްތަކަކީ ނަފްސާނީގޮތުން ބަލިކަށިކަން ލިބޭނެ މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން ބޭނުންވާކަމަށެވެ. އަދި ދަތި އުދަނގޫ ކޮންމެ މާހައުލެއްގައި ކެތްތެރިކަމާއި ވަފާތެރިކަން ދަމަހައްޓަންޖެހޭކަމަށެވެ. އެހެންކަމުން މި ތަމްރީންތަކަކީ މި މަސައްކަތުގެ އަސާސްކަމަށާއި، މިފަދަ ތަމްރީނުތަކުން ދަސްވެގެންދާކަންކަން ހަނދާންބަހައްޓައި ވަޒީފާއިންލިބޭ ތަމްރީންތަކަށް އިތުބާރުކުރުން މުހިންމުކަމަށެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން