އެއީ ކޮންމެ މީހަކު ނަމަވެސް އެމީހަކަށް އެއްވެސް ޙާލެއްގަ ކިޔަމަންވެގެން ނުވާނެކަމަށް ﷲ އަންގަވާފައިވާ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެއީ ކޮންމެ މީހަކު ނަމަވެސް އެމީހަކަށް އެއްވެސް ޙާލެއްގަ ކިޔަމަންވެގެން ނުވާނެކަމަށް ﷲ އަންގަވާފައިވާ މީހުން-

އަހުރެންކުރީ އޭނާ ބުނިކަމެއްކަމަށް ބުނެގެން ފުދޭކަށް ނެތެވެ. ކިޔަމަންތެރިވާންވީ މީހުންނާއި ކިޔަމަންތެރިވެގެން ނުވާނެ މީހުންވެސް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. 

 ތަޢާލާގެ ވަޙީ ބަސްފުޅު އަޑުއަހާށެވެ! 

﴿وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ [الكهف: 28] 

މާނައީ: "އަދި ތިމަން އިލާހު ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރުވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!" 

މީސްތަކުންނޭވެ! ކިތަންމެ ބޮޑު އިނާޔަތެއް ނުވަތަ މަންފާއެއް ލިބެން އޮތް ނަމަވެސް މިއާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ސިފަތައްހުރި އެއްވެސް މީހަކާއި އެއްވެސް ވަރަކަށް ގުޅުން ނުބާއްވާށެވެ! ދުރުހެލިވާށެވެ! އެފަދަ މީހަކަށް ކިޔަމަންވެ، ވާގިވެރިވެ އެމީހުން ބުނާކަންކަން ކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުމުން މަޙްރޫމްވެދާނެ ކަމުގެ ބިރު އޮތްކަމަށް ވިސްނައި ހޭލުންތެރިވާށެވެ! 

މިއަދު ގިނަބައަކަށް މަގުއޮޅި ﷲ ތަޢަލާގެ އެންގެވުންތަކާއި ދުރުހެލިވެވެމުން މިދަނީ އެފަދަ މީހުންނާއި ގުޅުން ބަދަހިކޮށް ކިޔަމަންވެވޭތީއެވެ. އެމީހުން ބުނާ ކަންކަން ކުރެވޭތީއެވެ. އެމީހުން ބުނާ ގޮތަށް ޢަމަލުތައް ބެހެއްތޭތީއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން