ފިތުނަތައް ގިނަވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންތެރިކަން ވަރުގަދަކުރާނީ ކިހިނެތް ހެއްޔެވެ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފިތުނަތައް ގިނަވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންތެރިކަން ވަރުގަދަކުރާނީ ކިހިނެތް ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

ވަރަށް ގިނަ ގޮތްގޮތުން އީމާންތެރިކަން ވަރުގަދަކުރެވިދާނެއެވެ. އެގޮތުން:

- ﷲ ތަޢާލާއަށް ކިޔަމަންގަތުމާއި

- އެއިލާހު ޙަރާމްކުރެއްވި ކަންތައްތަކުން ދުރުހެލިވުމާއި

- ޞާލިޙުމީހުންނާއެކު ވަގުތުތައް ހޭދަކުރުމާއި

- ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވައި އޭގެ މާނަ އުނގެނުމާއި

- ތަފްސީރު ކިޔުމާއި

- ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތްތައް ބަޔާންކޮށްފައިވާ ފޮތްތަކާއި އެ ފޮތްތަކުގެ ޝަރަޙަތައް ކިޔުމާއި

- އަދި ގިނަގިނައިން ﷲ ހަނދުމަކޮށް އެއިލާހުގެ ޙަޟްރަތަށް ދުޢާކުރުމީ އީމާންތެރިކަން ވަރުގަދަކޮށްދޭ ބައެއް ކަންކަމެވެ. 

[ބައްލަވާ: فتاوى اللجنة الدائمة، المجموعة الثانية (2 / 34) رقم الفتوى: (16596)، السؤال الثاني]

 

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން