2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ކޮއްޅަށް ހުރެގެން ނަމާދުކުރެވޭ މީހަކަށް އިށީނދެ އިނދެގެން ތަރާވީޙް ނަމާދާ ދަމުނަމާދުކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ކޮއްޅަށް ހުރެގެން ނަމާދުކުރެވޭ މީހަކަށް އިށީނދެ އިނދެގެން ތަރާވީޙް ނަމާދާ ދަމުނަމާދުކުރެވޭނެތަ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. 

މިއަދުގެ ސުވާލު:

ކޮއްޅަށް ހުރެގެން ނަމާދުކުރެވޭ މީހަކަށް އިށީނދެ އިނދެގެން ތަރާވީޙް ނަމާދާ ދަމުނަމާދުކުރެވޭނެތަ؟  

އެހީ:

ކުރެވޭނެއެވެ. ނަމަވެސް ލިބޭނީ ޘަވާބުން ދެބައިކުޅަ އެއްބައެވެ.  

ބޭނުންނަމަ ކޮއްޅަށް ހުރެގެން ޙަރަމް ބަންދެ ނަމާދުކުރަން ފަށައި ވަރުބަލިވުމުން އިށީނުން ހުއްދައެވެ. އަދި އިށީނދެގެންވެސް ކުރަން ފެށިދާނެއެވެ. އިށީނދެ އިނދެ ވަރުބަލި ފިލުމުން ތެދުވެވިވެސްދާނެއެވެ. ރަނގަޅު ގޮތަކީ އެއީ އެވެ.  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/156735/can-we-pray-tarawih-while-sitting 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން