ފަޤީރުޙާލުގައި އުޅެންޖެހުމުންނާ ހިތްދަތިކަމުން ސަލާމަތްވެ ހުރުމަށާ އަދި ތިމާ ބޭނޫންވާ ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ޢަމަލު ޤުރްޢާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ފަޤީރުޙާލުގައި އުޅެންޖެހުމުންނާ ހިތްދަތިކަމުން ސަލާމަތްވެ ހުރުމަށާ އަދި ތިމާ ބޭނޫންވާ ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ޢަމަލު ޤުރްޢާނުން-

ހިތްދަތިކަމާއި ތަކްލީފްތައް ކުރިމަތިވުމުން ކަންބޮޑުނުވާނެ މީހަކު ނުހުންނާނެއެވެ. އެކިމީހުން ކަންބޮޑުވާނީ އެކިވަރަށެވެ. ޔަޤީން ކަމަކީ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ ކަމެވެ. ކުރިމަތިވި ކަންތަކުން ވީހާއަވަހަކަށް އަރައިގަންނަން ބޭނުންވާނެ ކަމެވެ.

އަހަރެމެން ދުނިޔޭގައި ހޭދަކުރަމުން މިދާ ޙަޔާތުގައި ވަރަށް ގިނަ ކަންކަމަށް ބޭނުންވެއެވެ. އަބަދުހެން އުޅެން މިޖެހެނީ ކޮންމެވެސް ބޭނުމެއް ނުފުދިގެންނެވެ. އަތްމަތިދަތިވެގެންނެވެ. އެހެންވެސް ބޭނުންތައް ފުއްދައި ނުލެވިގެންނެވެ. އެކަމާއިމެދު ފިކުރުކުރުމުގައެވެ.  

އެހެންކަމުން ކީރިތި ޤުރްއާނުގައި މިކަމަށް އޮތް ޙައްލާއިމެދު ވިސްނައިލަމާ ހިނގާށެވެ!  

ނޫޙު عليه السلام ގެ ދަޢުވަތުގެ ވާހަކަ ބަޔާންކުރައްވާ ﷲ عزَّ وَجَل ވަޙީކުރައްވާފައިވެއެވެ. 

﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا [10] يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا [11] وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا [12] [نوح: 10- 12] 

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިއަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިއަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައިވެއެވެ. [10] (އޭރުން) އެއިލާހު ތިއަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. [11] އަދި އެއިލާހު ތިއަބައިމީހުންނަށް މުދާލާއި ދަރިން އިތުރުކޮށްދެއްވާނެތެވެ. އަދި އެއިލާހު ތިއަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިއަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."  [12] 

މީސްތަކުންނޭވެ! ބޭކާރު ގޮތުގައި ވަގުތުތައް ހޭދަނުކުރާށެވެ. ވަގުތު ލިބޭވަރަކުން އިސްތިޣްފާރުކުރުން ގިނަކުރާށެވެ. މިބަޔާންކުރެވުނު މިންވަރުންވެސް އެނގިގެންދަނީ އެކަމުން ލިބެންނެތް އެއްވެސް ފައިދާއެއް ނެތްކަމެވެ. ރިޒުޤާއި އެހެނިހެން ނިޢްމަތްތައްވެސް ވެސް މިންވަރުކުރައްވަވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން