ކައިވެނީގެ ރަންފަސްކޮށްފައި ދިނުމަކީ ހުއްދަކެމެކެވެ. ނަމަވެސް ކައިވެނި ކުރަންޖެހޭނީ ރަނެއް ކިޔާފައެވެ. ރަންނުދީ ރޭކުރުމަކީ ހުއްދަކަމެކެވެ. ރޭ ނުކޮށް ވަރިކޮށްފިނަމަ އަނބިމީހާއަށް ހައްޤުވާނީ ކީ ރަނުގެ ދެބައިކޮށްފައި އެއްބައެވެ. ރޭކުރިފަހުން ވަރިކުރިނަމަ ކީ ރަން އެއްކޮށެވެ. والله تعالى أعلم.
- ޑރ. އިޔާޟް ޢަބްދުއްލަޠީފް
އިސްލާމް ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުންވެސް އެނގެނީ ރަން ނުވަތަ ރަނުން ބައެއް އަދާކުރުން ފަސްކުރެވިދާނެކަމެވެ. ނަމަވެސް އެކަމަށް ދެމަފިރިންނާއި ދެފަރާތުގެ ޢާއިލާއިން އެއްބަސްވާންޖެހޭނެކަމެވެ. ލަސްކުރިނަމަވެސް ވަރިކުރުމުގެ ކުރިން އަދަޚުރަންޖެހޭނެ ކަމެވެ.
ޞަޙާބީންގެ ކައިވެނިފުޅުތަކަށް ބަލައިފިނަމަ ވަރަށް މަދުން ނޫނީ ވަޤުތުން އަދާކުރެއްވެވިއެވެ. އަދި އަދާނުކުރެއްވެވިގެން ލަސްކުރަންޖެހިއްޖެނަމަ އެކަން ޢަދަދު ބަޔާންކޮށް ލިޔުއްވަވަތެވެ.
ގުޅުންހުރި ލިޔުން: