ރަސޫލް ޞޢޥ ދެކެ ލޯބިވަމޭ ކިޔަމުން ހިނގިޔަކަސް ޢަމަލުން އެކަން ނުދެއްކޭނަމަ ކުރާނެ ފައިދާއެއް ނެތް!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރަސޫލް ޞޢޥ ދެކެ ލޯބިވަމޭ ކިޔަމުން ހިނގިޔަކަސް ޢަމަލުން އެކަން ނުދެއްކޭނަމަ ކުރާނެ ފައިދާއެއް ނެތް!: ޝައިޚް މުޙައްމަދު ހޮބްލޮސް

ޤިޔާމަތް ދުވަހު "ކައުޘަރު" އާރުން ރަސޫލް ގެ އަތްޕުޅުން ފެންބޯން ބޭނުންވެއެވެ. ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުގައި ވުމަށްވެސް އެދެމުއެވެ. އެކަމަކުވެސް އިތުރު ޞާޙިބާ ގެ ސުންނަތަށް ޢަމަލުކުރުން އޮންނަނީ ބުރަކަމަކަށް ވެފައެވެ. ނިކަން ބުނެބަލާށެވެ. އިތުރު ޞާޙިބާ ގެ ސުންނަތަށް ޢަމަލުނުކުރެވޭނަމަ ބޭނުންވެގެން ތިއައުޅޭ ކަންކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ކޮންމެ މުސްލިމކުވެސް ﷲ ތަޢާލާ ފިޔަވައި އެންމެ ބޮޑަށް ލޯބިވާނީ ރަސޫލް ދެކެއެވެ. ރަސޫލް އާއި ދެކޮޅަށް މީހަކު ބަހެއް ބުނެފިނަމަ، އިތުރު ޞާހިބާ އަށް ފުރައްސާރަކޮށްފިނަމަ އިންތިހާއަށް ރުޅިގަދަވެއެވެ. މަގުތަކަށް ނުކުމެ މުޒާހަރާވެސް ކުރެއެވެ. އެކަންކަމަކީ ހަަމ ކުރަންވެސް ޖެހޭނެ ކަންކަމެވެ.  

އަހުރެންގެ ކަންބޮޑުވުން މުޅިންތަފާތެވެ. އަހުރެންގެ އޮތީ މުޅިން ތަފާތު ކަންބޮޑުވުމެކެވެ. އެއީ ސުންނަތަށް ޢަމަލުކުރުމުގެ މައްސަލައެވެ. ރަސޫލް ދެކެ ލޯބިވާއިރު އިތުރު އެކަލޭގެފާނު ގެ ސުންނަތަށް ޢަމަލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟   

އެންމެ ކުޑަމިނުން ތުނބުޅި ބަހައްޓައިލަމުހެއްޔެވެ؟ ކަންކަން ކުރަން ކަނައަތް އިސްކުރަމުހެއްޔެވެ؟ އިށީނދެ އިނދެގެން ފެންބޮއި ކައި ހަދަން މަސައްކަތްކުރަމުހެއްޔެވެ؟ ސުންނަތުން ފެންނަންހުރި ނަމާދުތައް އެބަކުރަމުހެއްޔެވެ؟ އަނބިދަރިންނަށް ހެޔޮކޮށް ހިތަމުހެއްޔެވެ؟ މިހެންގޮސް ސުންނަތުގައި ހިމެނޭ ހުރިހާ ކަންކަމުންވެސް ސުވާލުކުރެވިދާނެއެވެ. މުހިންމީ ތިބާ ދޭން އޮތް ޖަވާބެވެ. ސުންނަތަށް ޢަމަލުކުރެވޭ މިންވަރެވެ.   

ރަސޫލް ދަމުނަމާދަށް ކޮންމެރެއަކު ކޮޅަށް ހުންނަވާ ވަޤުތު ގިނަވެ ދެފައިންޕުޅު ދުޅަވެއެވެ. ﷲ ތަޢާލާއަށް ބިރުފުޅުން ކީރިތިކުރައްވަމުން ވަޑައިގެން ތުނބުޅިފުޅުން ފައިބާ ކަރުނަތައް ގިންވެ ބިންގަނޑު ތެމެއެވެ. އަޅެ ނިކަން ބުނެބަލާށެވެ! އެންމެ ފަހުން ތިބާ ރޭއަޅުކަންކުރީ ކޮން ރެއަކު ހެއްޔެވެ؟ ހަނދާން އެބަހުރި ހެއްޔެވެ؟ ފާއިތުވި ރޯދަމހުގެ ފަހުން އެންމެ ރެއަކުވެސް ރޭއަޅުކަން ކޮށްފިން ހެއްޔެވެ؟ 

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން