ސަމާލުވާންޖެހޭ ކަމެއް!: ރޯދައަށް ތިބެ ނުވިސްނާ ކުރެވޭ ކަންކަމުން ކުރެވޭ އަޅުކަމަށްވުރެ ފާފައިގެ ކޮޅަށް ބަރުވުމުގެ ފުރުޞަތު ބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސަމާލުވާންޖެހޭ ކަމެއް!: ރޯދައަށް ތިބެ ނުވިސްނާ ކުރެވޭ ކަންކަމުން ކުރެވޭ އަޅުކަމަށްވުރެ ފާފައިގެ ކޮޅަށް ބަރުވުމުގެ ފުރުޞަތު ބޮޑުވޭ!

ލޮބުވެތި އެކުވެރިންނޭވެ! އަހުރެމެން ހުރިހާ މުސްލިމުންވެސް މިގެންދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަތައް ހިފަމުންނެވެ. އެހެންކަމަށްވާއިރު ހަމައެކަނި އަޅުކަންކުރަން ސަމާލުކަން ދިނުމަކުން އަދި ނުފުދެއެވެ. އަޅުކަންކުރުނަ ގިނަކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. 

އެހެންކަމާއިއެކުވެސް އަޅުކަންކުރަން ސަމާލުކަންދޭ ފަދައިން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކިތަންމެ ކަމެއް ނަމަވެސް ނުކުރަން ވެސް ސަމާލުކަންދޭންވާނެއެވެ. ނޫންނަމަ ކުރާ ހެޔޮކަމުން ލިބޭބައި ދާނީ އުނިވަމުންނެވެ. އަދި ފަހަރެއްގައި ޢަޛާބުގެ ކޮޅަށް ބުރަވެސްވެދާނެއެވެ. އެއީ އަހުރެމެންނަށް އެނގޭނެ ކަމެއް ނޫނެވެ. މިބުނަނީ ދުނިޔޭގައި ތިއްބައި ނުއެނގޭނެ ވާހކައެވެ. 

އެގޮތުން ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ސޯޝަލް މީޑިއާއިން ފެންނަ މުސްލިމުން ބެލުން ހުއްދަ ނޫން ކަންކަން ބެލުމެވެ. އަދި އެފަދަ ކަންކަމަށް ލައިކްކޮށް ޝެއާކުރުމެވެ. ބެލުމުން ފާފަވެރިވީއެވެ. ލައިކް ދިނުމުން އެކަމަށް ރުހެވުނީއެވެ. ޝެއާކުރުމުން އެކަން ފެތުރުނީއެވެ. އެއިރުން ލިބޭ ފާފަ ބޮޑުތަނުން އިތުރުވެގެންވެސްދެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! އެއިގެ ބަދަލުގައި ހެޔޮކަންކަމާއި ރަނގަޅު ނަޞީޙަތަށް ލައިކްކޮށް ފަތުރާށެވެ. އެއިރުން ދާނީ ޘަވާބު އިތުރުވަމުންނެވެ. 

މިވާހަކަކޮޅު ބުނެލައި ހަނދާންކޮށްދޭން ޖެހެނީ މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުވިސްނި ގިނަ ބައަކު ރޯދައަށް ތިބެ ފޫހިވުމުން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާއިރު ކުރިން މިބުނި މަގުން ފާފަތައް ކުރެވޭތީއެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމަކަށްވާތީއެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން