ރަމަޟާން މަހުގެ މެދުތެރޭގަ ހީވާގިނުވެވޭ މީހަކަށް ގާތީ ފޭލްވެ، ފަހުދިހަވެސް ލައިލަތުލްޤަދްރިވިލޭރޭވެސް ނުލިބުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރަމަޟާން މަހުގެ މެދުތެރޭގަ ހީވާގިނުވެވޭ މީހަކަށް ގާތީ ފޭލްވެ، ފަހުދިހަވެސް ލައިލަތުލްޤަދްރިވިލޭރޭވެސް ނުލިބުން!: މުފްތީ މެންކް

ގިނަ ބައަކު ރަމަޟާންމަހަށް ފަށައިގަންނަނީ ވަރަށް ހީވާގިކަމާއިއެކުގައެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ފުރަތަމަ 10 ދާންވާއިރަށް ހީވާގިކަން ކުޑަވެ ކަންނެތް ވެވެއެވެ. އެހިސާބުން ވިސްނަނީ ފަހުދިހައިގައި ހީވާގިވުމަށެވެ. 

ބުނަން ހެއްޔެވެ؟ މިއީ ވަރަށް ނުރަނގަޅު ވިސްނުމެކެވެ. ރަމަޟާން މަސް ފަށައިގަނެ ދެން ކަންނެތްވެއްޖެނަމަ އެކަމުން އަންގައިދެނީ އޭނާގެ ހިތުގައި ރަމަޟާން މަހަށް ދޭންޖެހޭ ޤަދަރާއި ސަމާލުކަން ނެތް ކަމެވެ. ނުވަތަ ކުޑަކަމެވެ. އެކަން ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައި ވޮޑިގެންވެއެވެ. ދެކެދެނެވޮޑިގެންވެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ފަހު ދިހަ ކާމިޔާބުކުރުން މާނަ ކުރެވެނީ ލައިލަތުލްޤަދްރިވިލޭރޭ ކާމިޔާބުކުރުމަށެވެ. އެކަމަށް އެދޭ މީހާ އެންމެ ބޮޑަށް ހީވާގިވާންވީ މެދުތެރޭގައެވެ. އެއީ ފޭލްވާ މީހުންގެ ލިސްޓުގައި ތިމާ ނުހިމެނުމަށެވެ. 

އަހުރެންގެ އިލްތިމާސަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ކުޜީ ދުވަހަށްވުރެ ގިނައިން ހެޔޮޢަމަލުކުރަން މަސައްކަތްކުރުމެވެ. ރަމަޟާން މަހު ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ހިމެނެން ގަދައަޅައި މަސައްކަތްކުރުމެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން