މާލޭގައި ދިރިއުޅޭ 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން، އުމުރުން 31 އަހަރުގެ ޙައްވާ ޙަސަން ކަމަށެވެ. އޭނާ ގެއިން ނުކުމެ ދިޔަފަހުން އެއްވެސް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ރިޕޯޓްކުރުމާއެކު ޙައްވާ ޙަސަން ހޯދުމަށްޓަކައި އެ މުއައްސަސާގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ޙައްވާ ޙަސަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އާންމުންނަށް ގޮވާލައިފިއެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.