ސްޓެލްކޯއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސްޓެލްކޯއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 1446 ވަނަ އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތުލައިގެން ހޮވައިފިއެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް 102 މުވައްޒަފުން ކުރިމަތިލި އިރު، އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ 84 މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަމަށް 218 މުވައްޒަފުން ކުރިމަތިލި އިރު، ޝަރުތު ހަމަވެފައިވަނީ 215 މުވައްޒަފުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވިފައިވަނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުން އަހުމަދު ވަހީދު، ކ. ކާށިދޫ އިންޖީނުގެއިން ހަސަން ޒަރީރު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އާމިނަތު ޖަލީލާއެވެ. އަދި އުމްރާގެ އަޅުކަމަށް ހޮވިފައިވަނީ ވިލިނގިލި އަވަށު އިންޖީނުގެއިން ބުންޔާމީން މުހައްމަދު ނަސީރާއި އަހުމަދު މުސްތަފާ އަދި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުން ޝިފްރާ އިލްހާމެވެ.

ކުންފުނިން ހައްޖުގެ ފުރުސަތު ދެމުން އައީ 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ކަމަށާއި، އުމްރާގެ ފުރުސަތު ދެމުން އަންނަނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. އަދި 2023 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ހައްޖާއި އުމްރާގެ ފުރުސަތު ދެމުން އައީ އަންހެން އަދި ފިރިހެން މުވައްޒަފަކަށެވެ.

ނަމަވެސް، މިދިޔަ އަހަރު ކުންފުނީގެ ޕޮލިސީއަށް ބަދަލު ގެނެސް، ހައްޖާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ވަނީ ނިންމާފައެވެ.

 

މިއަދު އޮންލައިން