ހަނދުމަކޮށްދިނުމެއް!: ކައިވެނިކުރެވޭ ދެމަފިރިންނަށްޓަކައި ހެޔޮދުޢާކުރަންވީ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހަނދުމަކޮށްދިނުމެއް!: ކައިވެނިކުރެވޭ ދެމަފިރިންނަށްޓަކައި ހެޔޮދުޢާކުރަންވީ މަގު-

ކައިވެނި ކުރުމާއި ގުޅިގެން އެބައަކު ދިރިއުޅޭނެ ތަކެތި ބޭނުންވާނެތީ ބޭނުން ހިފޭނެ ތަކެތި އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހަދިޔާގެ ގޮތުގައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމާއިއެކުގައިވެސް އެންމެ މުހިންމީ ދެމަފިރިންނަށްޓަކައި ހެޔޮ ދުޢާކުރުމެވެ.   

ޢަޤީލް ބުން އަބީ ޠާލިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. 

އެކަލޭގެފާނު ކައިވެނި ބައްލަވައިގެންނެވުމުން މީސްތަކުން އެކަލޭގެފާނަށް ދެންނެވިއެވެ. "ކަލޭގެފާނަށް ހެޔޮރަނގަޅު ދިރިއުޅުމަކާއި ދަރިން ދެއްވާށިއެވެ."  

ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. "ތިފަދައިން ކަންތައް ނުކުރާށެވެ." (އެބަހީ: ތިފަދައިން ނުބުނާށެވެ.)  

އެބައިމީހުން ދެންނެވިއެވެ. "އޭ އަބޫ ޒައިދެވެ. ފަހެ ތިމަންމެން ބުނަންވީ ކީކޭ ހެއްޔެވެ؟" 

އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ބުނާށެވެ. 

بَارَكَ اللَّهُ لَكُمْ، وَبَارَكَ عَلَيْكُمْ" 

މާނައީ: "ﷲ، ތިއަބައިމިހުންނަށްޓަކައި އަދި ތިއަބައިމީހުންގެ މައްޗަށްވެސް ބަރަކާތްލައްވަވާނދޭވެ!" 

މިފަދައިން ބަރާކަތް ލެއްވުމަށް އެދި ދުޢާކުރައްވާފައި އެވަނީ އެޢިބާރާތުގެ ޝާމިލުކަން އިތުރުކުރެއްވުމަށެވެ. 

(މާނައަކީ އެފަދައިން ކުރެވޭ ތަކުގައިވެސް އޮތީ ވީހައި ގިނަބައަކު ޝާމިލުކޮށް އެންމެންނަށް ޢާންމުވެގެންދާ ފަދަ ގޮތުގައި ދުޢާކުރުންކަމެވެ.)  

الشيخ عبد البارئ بن عواض الثبيتي  حفظه الله

 

 

މިއަދު އޮންލައިން