ކިތަންމެ ގިނަފަހަރު ދުޢާކުރިނަމަވެސް ދުޢާކުރަން ތިބާ ފޫހިނުވާހައި ހިނދަކު ދުޢާގެ އަޑުއައްސަވަން ﷲ ތަޢާލާ ފޫހިފުޅުވެވޮޑިނުގަންނަވާނެތެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކިތަންމެ ގިނަފަހަރު ދުޢާކުރިނަމަވެސް ދުޢާކުރަން ތިބާ ފޫހިނުވާހައި ހިނދަކު ދުޢާގެ އަޑުއައްސަވަން ﷲ ތަޢާލާ ފޫހިފުޅުވެވޮޑިނުގަންނަވާނެތެވެ!: ޢުމަރު ސުލައިމާން

ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދިގެން ދުޢާކުރާ މީހާ ދަންނާށެވެ! ކިތަންމެ ގިނަ ފަހަރު ނުވަތަ ކިތަންމެ ގިނަ ދުވަހެއް ވަންދެން އެއްކަމަކަށް އެދިގެން ދުޢާކުރަން ޖެހުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ކުރަން އޮތް ހަމަ އެކަނި ހަމައެކަނި ކަމަކީ ތިމާކުރާ ދުޢާ ﷲ ތަޢާލާ އައްސަވައިވޮޑިގެންވާ ކަމާއި ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެން ދުޢާކުރުމެވެ.  

ދުޢާކުރަންވާނީ ތިމާގެ ހުރި ނިކަމެތިކަމާއި އެކަމަކަށް ބޭނުންވެގެންހުރި މިންވަރު ބަޔާންކުރަމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ޢަމަލުތައް ބަހައްޓައިގެން ހުރެއެވެ. ޔަޤީންކުރާށެވެ! ކިތަންމެ ގިނަ ފަހަރު ދުޢާކުރިނަމަވެސް އައްސަވައި ވޮޑިގަތުމަށް ﷲ ތަޢާލާ ފޫހިފުޅުވެވޮޑިގެނެއް ނުވެއެވެ. ދުޢާކުރަން ތިބާ ފޫހިވަންދެން އެކަން އެގޮތަށް ދެމިއޮންނާނެއެވެ. އިން ޝާ ﷲ  

ތިމާ އެދިދެންނެވި ކަންތައް ހަމަ އެގޮތަށް ހިންމަވައި ނުދެއްވަވައިފާނެއެވެ. ނަމަވެސް މިބުނި މަގުން ދުޢާކުރުންމަތީގައި ހުރެއްޖެނަމަ އެންމެ އެންމެ ފައިދާބޮޑުވާނެ ގޮތަށް ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އެއީ އަހުރެމެންނަށް އެންމެ ފައިދާހުރި ގޮތް އަހުރެމެންނަށް ނުއެނގޭތީއެވެ. އެހެނަސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން