ވަޒީފާ ނުވަތަ އާމްދަނީ ހޯދުމުގެ ބޭނުމުގަ ޤުރްއާނާ ދީނީ ޢިލްމް އުނގެނުނަސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ފައިދާއެއް ނެތް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ވަޒީފާ ނުވަތަ އާމްދަނީ ހޯދުމުގެ ބޭނުމުގަ ޤުރްއާނާ ދީނީ ޢިލްމް އުނގެނުނަސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ފައިދާއެއް ނެތް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ކޮންމެ ކަމަކަށްވެސް ޖަޒާ ދެއްވެވުންވަނީ މީހާ އެކަން ކުރި ނިޔަތުގެ މައްޗަށެވެ. މީގެމާނައަކީ ހެޔޮ ނިޔަތެއްގައިކަމަށްބުނެ ނުބައިކަމެއް ކުރުމުން ޘަވާބު ދެއްވެވުމެއް ނޫނެވެ. އެއީ ނުވާނެ ކަމެކެވެ. މިބުނަނީ ހެޔޮ ކަމެއް ނަމަވެސް ﷲ ތަޢާލާ ޤަބާލުފުޅުކުރައްވަވާނީ އެކަންކުރާ ނިޔަތަށް ކަމުގެ ވާހަކައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް ފައިދާކުރާނެ ޢިލްމް އުނގެނުމަކީ ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލެކެވެ. ނަމަވެސް ޤުރްއާނާއި ޤުރްއާނުގެ ޢިލްމާއި އަދި ދީނުގެ ޢިލްމް އުނގެނުނު ނަމަވެސް އެކަން ޤަބޫލުފުޅު ކުރައްވަވައި ޘަވާބު ދެއްވެވުން ވަނީ އެކަން ކުރި ނިޔަތުގެ މައްޗަށެވެ.  

މިޘާލަކަށް ޤުރްއާން ނުވަތަ ދީނުގެ ޢިލްމް އުނގެނުނީ އެކަމުން ދުނިޔަވީ މަންފާއެއް ޙާޞިލުކުރުމުގެ ނިޔަތުގައިކަމަށްވާނަމަ އެއީ ކުރި ހެޔޮކަމެއްގެ ގޮތުގައި ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ޤުރްއާނާއި ދީނުގެ ޢިލްމް އުނގެނުން އޮތީވެސް ޤުރްއާނަށާއި ދީނަށް ޚިދުމަތް ކުރުމަށެވެ. ޢިލްމް އުނގެނުމަށްފަހު އެކަމުން ތިމާއަށް ދިރިއޫލެލެވޭނެ ވަރުގެ އާމްދަނީއެއް ހޯދުން ދީން މަނައެއް ނުކުރެއެވެ. އެއީ ހުއްދަކަމެކެވެ.  

ވީމާ ތިމާއަށް ލިބިފައިވާ ޢިލްމެއް އުޖޫރައެއް ލިބޭ ގޮތަށް މީހަކަށް އުނގަންނައިދިނަސް އެކަމުގެ ނިޔަތް ބާއްވަންވާނީ އިސްލާމް ދީނަށް ޚިދުމަތް ކުރުމަށެވެ. އަދި ވެވެން އޮތްވަރަކުން ހިލޭ ސާބަހަށްވެސް ޚިދުމަތްކުރަންވާނެއެވެ. މަދުން އާމްދަނީ ލިބޭ ނިކަމެތިންނަށް ފައިދާކުރާނީ އެއިރުންނެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާ އުޖޫރަ މާމަތިވެރިކަން ބޮޑުވާނެއެވެ. އިން ޝާ ﷲ 

މަޢުލޫމާތު: ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

 

މިއަދު އޮންލައިން