2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ސުވަރުގެ ވަދެވިއްޖެ މީހަކު ވިސްނަންޖެހޭނެ އެއްވެސް ކަމެއް އޮންނާނެތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ސުވަރުގެ ވަދެވިއްޖެ މީހަކު ވިސްނަންޖެހޭނެ އެއްވެސް ކަމެއް އޮންނާނެތަ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.    

މިއަދުގެ ސުވާލު:

ސުވަރުގެ ވަދެވިއްޖެ މީހަކު ވިސްނަންޖެހޭނެ އެއްވެސް ކަމެއް އޮންނާނެތަ؟  

އެހީ:  

ސުވަރުގެ ވަދެވިއްޖެ މީހަކު ވިސްނަންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެނީ އެމީހަކު ހިތަށް އަރުވާލި ކޮންމެ ކަމެއް އެމީހަކަށް ވަޤުތުން ޙާޞިލްވާނެއެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ލޮލަށް ފެނި ނިޢުމަތްތައް ލިބެން ފެށުމުން ދުނިޔޭގައި ދިމާވި އެއްވެސް ކަމެއް، އުޅެންޖެހުނު ދަތިޙާލެއް ، ކުރިމަތިވި ހިތްދަތިކަން ފަދަ އަދި އެނޫންވެސް ދުނިޔޭގެ އެއްވެސް ކަމެއް އެމީހެއްގެ ހަނދާނަކު ނުހުންނާނެއެވެ.   

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން