ފާފަކުރެވުމަކީ ކުށެއްނެތި ބައިވެރިޔާދެކެ ރުޅިއައިސް ނުބައިބަސްބުނުން ފަދަ ކަންކަންވެސް ކުރެވޭ ސަބަބެއް!: ޝައިޚް ޑރ ސާޖިދް ޢުމަރް

ކިޔުމަށް ހޭދަވާނީ 1މ 9ސ
ފާފަކުރެވުމަކީ ކުށެއްނެތި ބައިވެރިޔާދެކެ ރުޅިއައިސް ނުބައިބަސްބުނުން ފަދަ ކަންކަންވެސް ކުރެވޭ ސަބަބެއް!: ޝައިޚް ޑރ ސާޖިދް ޢުމަރް

ޢާއިޝަތު ރަފާޙް ޢަލީ

 

ތިމަންމެންގެ ކުރިން تقوى ވެރިވި މީހުން ބުނެއެވެ. ތިމަންމެން ފާފައެއް ނުކުރަމުއެވެ. ތިމަންމެންގެ އަނބިންނަށާއި، ތިމަންމެންގެ ސަވާރުވާ ޖަނަވާރުންގެ ކިބައިން އެފާފައިގެ އަސަރު ތިމަންމެންނަށް ފެނުނުކަން މެނުވީއެވެ. 

ސުބްޙާނަﷲ. އޭގެ މާނައަކީ ކުއްލިއަކައް އެއްދުވަހު އެއީ އަނބިމީހާއާއި އެކީގައި އުޅުމަށް އުނދަގޫވި ދުވަހެކެވެ. އެދުވަހު ތިމަންމެން ވަރަށް ގިނައިން ޖަދަލުކުރީމެވެ. އަދި ތިމަންނައަށް އެކަން ކުރަން މެދުވެރިވި ސަބަބަކީ ކޮން ކަމެއް ކަމެއް ނޭނގުނެވެ. 

ތިމަންނައަށް ތިމަންނަގެ އަނބިމީހާއާއި ދޭތެރޭގައި ކެތްތެރިކަމާއެކީގައި ވާހަކައެއް ނުދެއްކުނެވެ. އަދި އަނބިމީހާއަކަށްވެސް ކެތްތެރިކަމާއެކީގައި ތިމަންނަ އާއި ވާހަކައެއް ނުދެއްކުނެވެ. 

ބައެއް ފަހަރަށް އެފަދަ ކަންކަން ވެއެވެ. ކީއްވެގެންތޯއެވެ. ތިބާ މިއަދު އޭގެ ކުޑައިރުކޮޅެއް ކުރީން ކުރީ ކޮން ޢަމަލްތަކެއްތޯ ބަލާށެވެ. އޭގެ އެއްރޭ ކުރީން ކުރީ ކޮން ޢަމަލްތަކެއްތޯ ބަލާށެވެ. އޭގެ އެއްދުވަސް ކުރީން ކުރީ ކޮން ޢަމަލްތަކެއްތޯ ބަލާށެވެ.

އެފެންނަނީ ކުރާ އަމަލްތަކުގެ ނަތީޖާއެއްވެއެވެ. 

ފަހެ، ދަތިއުނދަގޫ ކަމެއް ކުރިމަތިވާ ކޮންމެ ހިނދެއްގައި، ތިބާގެ ދިރިއުޅުން ޙިސާބުކުރުމަށް ވަގުތުކޮޅެއްގެ ގޮތުގައި ބޭނުންކުރާށެވެ.

ތިބާކުރަނީ ކޮން ކަމެއް ހެއްޔެވެ؟

އެފާފައެއްގެ ސަބަބުން މިތާނގައި އެކަމުގެ ނަތީޖާ އެއް ވެއެވެ.

އިސްތިޣްފާރުކުރާށެވެ!

މިއަދު އޮންލައިން