ހިތްހަމަޖެހިލައިގެން ހުރެ އުފަލުގަ ދުނިޔެއާ ވަކިވެގެންދާނެ މީހުންނާ ގަދަފަދަ ޢަޛާބުގައި ދެމިތިބޭނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ހިތްހަމަޖެހިލައިގެން ހުރެ އުފަލުގަ ދުނިޔެއާ ވަކިވެގެންދާނެ މީހުންނާ ގަދަފަދަ ޢަޛާބުގައި ދެމިތިބޭނެ މީހުން-

ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކެވެ. މަސައްކަތްކުރަންވީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުހެވި އުފަލުގައި ދުނިޔެއިން ނުކުމެގެންދެވޭނެ މީހަކަށްވުމަށެވެ. އެފަދަ މީހަކަށްވުމާއި ނުވުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.  

ހިތްހަމަޖެހިލައިގެން ހުރެ އުފަލުގައި ދުނިޔެއާއި ވަކިވެގެންދާނެ ބައަކުވެއެވެ. ކާމިޔާބު ލިބިގެންވާ މީހުންނަކީ ހަމަ އެއީއެވެ. ހަމައެފަދައިން މަރުވުމަށްފަހު ގަދަފަދަ ޢަޛާބުގައި ދެމިތިބޭނެ ބައަކުވެއެވެ. ދުނިޔޭގައި ފޭލްވި ބައަކީ އެއީއެވެ.  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އުފާވެރިކަމާއިއެކު ދުނިޔެއިން ނުކުމެގެން ދިއުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ އަޅެއްގެ ގޮތުގައި މަރުވުމެވެ. އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލޭހިނދު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ އަޅަކަށްވެވުމެވެ.  

ތިމާއަށް ކުރެވޭ އަމަލުތައް ހިސާބުކޮށް ހެޔޮ ޢަމަލެއް ނޫނީ ނުކުރުމަށް ގަދައަޅައި މަސައްކަތްކުރާމީހާ ދަންނައެވެ. އޭނާގެ ހެޔޮ ކަންތައްތައް ގިނަވެ ނުބައި ކަންތައްތައް މަދުވާނެއެވެ. އަދި އޭނާ ދުނިޔެއިން ނުކުންނަހުށީ ޙަމްދުކުރަމުންނެވެ. އަދި އޭނާ އަލުން ދިރުއްވޭހުށީ ބާއްޖަވެރި ކަމުގައެވެ. އަދި އޭނާވާހުށީ އެކަމުގެ މައްޗަށް ހެކިވެވަޑައިގަތުމަށް ފޮނުއްވުނު ނަބިއްޔާ عليه الصلاة والسلام އާއެކުއެވ 

ހަވާނަފްސަށް ތަބާވެ، ޤުރުއާނުން މޫނު އަނބުރާލާ، އޭނާގެ ނަފްސު އެދޭ ކަންކަމަށް އަރައިގަނެ، ޝަހުވަތްތަކުގެ ލައްޒަތު ލިބިގަނެ، ބޮޑެތި ފާފަތަކަށް އަރައިގަނެ، އަދި ޝައިޠާނާއަކީ އޭނާއަށް ބޮޑުވެގެންވާ ނުބައިކަންކަމަށް މަގުދައްކައިދޭ ޤާއިދަކަށް ހަދައިފިމީހާ ދަންނައެވެ. އޭނާވާނީ ޝައިޠާނާއާއެކު އަބަދުގެ އަބަދަށް ވޭންދެނިވި އަޛާބުގައެވެ.  

އަދިއެއިލާހު ވަޙީކުރެއްވިއެވެ.

﴿يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا﴾ [آل عمران: 30] 

މާނައީ: "ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ޙާޟިރުކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެއެވެ."  

އަދި އެއިލާހު ވަޙީކުރެއްވިއެވެ. 

﴿وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ﴾ [البقرة: 235] 

މާނައީ: "ތިޔަބައިމީހުންގެ ނަފްސުތަކުގައިވާ ކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވާކަން ތިއަބައިމީހުން ދަންނާށެވެ! ވީމާ، ތިއަބައިމީހުން އެއިލާހަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ޙަލީމުވަންތަ، އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ!" 

- މަޢުލޫމާތު: މަސްޖިދުއްނަބަވީގެ އިމާމް: الشيخ علي بن عبد الرحمن الحذيفيحفظه الله

 

 

މިއަދު އޮންލައިން