ރުޅި އަންނަހިނދު ވިސްނާނުލައި ވަރިކުރުމަކީ ގިނަ ބައަކަށް ފަހުން ހިތާމަކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ރުޅި އަންނަހިނދު ވިސްނާނުލައި ވަރިކުރުމަކީ ގިނަ ބައަކަށް ފަހުން ހިތާމަކުރަންޖެހޭ ކަމެއް!

ރޯދަމަހަކީ އެންމެ މާތް މައްސަރުކަމަށްވެފައި ރޯދައިގެ ޘަވާބު ލިބިގަތުމަށްޓަކައިވެސް ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރަންޖެހޭނެ އިރުވެސް އެކަމަށް ސަމާލުކަން ނުދެވި ބައެއް މީހުންނަށް ރުޅިގަދަކުރެވެއެވެ. އަދި އަންނަ ރުޅި މަތީގައި ވިސްނައިވެސް ނުލެވި ވަރިބަސް ބުނެވުން ފަދަ ދެރަކަންކަންވެސް ކުރެވެއެވެ.  

މިފަދަ ކަންކަންކުރުމަކީ ރޯދަވެރިއަކު ކޮށްގެންވާނެ ކަމެއް ނޫން ނަމަވެސް ބައެއް މީހުންނަށް އެގޮތަށް ކަންކަން ކުރެވެއެވެ. މިޙާލަތު ދިމާވާ މީހުންނަށްބަލާއިރު ގިނައީ ދުންފަތުގެ އިސްތިޢުމާލު ނުކުރެވިގެން އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވޭ މީހުންކަންވެސް ފާހަގަކުރެވެއެވެ.  

ރުޅިއިސްނުކުރާށެވެ! ރުޅިއަންނަ ފަދަ ކަމެއް މެދުވެރިވިނަމަވެސް ކޮންޓްރޯލްކުރަން މަސައްކަތްކުރާށެވެ! ތިމާ މިހުރީ ރޯދައަށްކަން ހިތްމައްޗަށް ގެންނާށެވެ! 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މޮޅަށް މީހަކު ތަޢްރީފްކޮށްލާއިރަށް، އެއީ ޖީބުތައް ފަލަ މީހެއްހެން ހީވާއިރަށް އެމީހާގެ ބޭނުމުގައި ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް، ރުޅިއަންނަ އިރަށް ވަރިނުކުރަންވީ އެކަމުގެ ހިތްދަތިކަން ދެމީހުންނަށްވެސް ލިބޭތީއެވެ. ޢިލްމުވެރިން ބަސްފުޅުތައް އެވިދާޅުވަނީ މިފަދަ ކަންކަން ކޮންމެ ދުވަހަކު ލޯމަތީގައި ހިނގަމުން އަންނާތީއެވެ.  

ވިސްނުންތެރިކަމާއިއެކު ސުވާލު ވިދާޅުވެލައްވާށެވެ! ސުވާލު އައިސްފައިއެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައަކުންނެވެ. އަންނަ ރުޅިމަތީގައި ވަރިކޮށްލީމާ ދެން ޖެހޭ ޙާލުގެ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ދެމީހުން އެކަކު ދެކެ ލޯބިވުމުގައި އިންތިހާއަށް ގޮސްފައި ތިބިކަން އެމީހުންގެ ޢަމަލުތަކުން އެބަ ސާބިތުވެއެވެ. އެކަމަކުވެސް ވަރިކުރުމުގެ ބާރު އަތުގައި އޮންނާތީ ޝައިޠޯނާގެ ބަހަށް ހެއްލި ވަރިކޮށްލަނީއެވެ.

އަޅުގަނޑާ އަޅުގަނޑުގެ ފިރިމީހާއާއި އިދެގެން އުޅޭތާ މިހާރު 20 އަހަރު ފުރެނީއެވެ.  އެއްދުވަހަކު ކޮންމެވެސް ކަމަކާގުޅިގެން ހިގިޒުވާބެއްގައި އޭނާ އަޅުގަނޑުވަރިކުރިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދެކުދިންވެސް ތިބުމާއެކު އެކުދިންދޫކޮށް އަޅުގަނޑަށް ގެއިންނުކުމެގެން ދާންނުކެރުނެވެ. މިހެންވުމުންއަޅުގަނޑު އިނީ އެގޭގައެވެ. އެގެއަކީ އަޅުގަނޑާއި އަޅުގަޑުގެ ފިރިމީހާ އަދިއަޅުގަނޑުގެ ދެކުދިން އެކަނި ދިރިއުޅޭގެއެކެވެ. މިގޮތަށް ވަރިކުރުމަށްފަހު އެއްމަސްދުވަސް ފާއިތުވުމަށްފަހު ދެމީހުންގެ ދޭތެރޭގައިވާ ރުޅިވެރިކަންފިލާ ދެމީހުން ޢިއްދަހަމަނުވަނީސް ވަރަށް ގިނަފަހަރު ޖިމާޢުވީމެވެ. ނަމަވެސް 3 މަސް ހަމަވުމަށްފަހު ޖިމާޢުވުން ހުއްޓާލީ ދެމީހުންގެ ގަބޫލުގައެވެ.  މިއަދާހަމަޔަށްވެސް އަޅުގަނޑުމެން މިތިބީ ލަދުން ކައިވެނި ރުޖޫޢުކުރަން ކޯޓަށްހުށަހަޅަން ނުކެރިއެވެ. މިހެންތިއްބާ އަޅުގަނޑަށް އިވުނީ ކޮންމެވެސްޝައިޚަކު ރޭޑިއޯއިން ވިދާޅުވިއަޑެވެ. ޢިއްދައިގެ މުއްދަތުގައިޖިމާޢުވެއްޖެއްޔާ ކާވެނި ރުޖޫޢަވީއެވެ. މިއީ ތެދެއްތޯއެވެ. އަޅުގަޑުމެން ދެމީހުން ގެކާވެނި ރުޖޫޢަވީކަމަށް ބެލެވޭނެތޯއެވެ.އަދި އަލުންކާވެނިކުރަންޖެހޭނެތޯއެވެ.    

އޭނާގެ މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޖަވާބު: 

ޢިއްދައިގެ މުއްދަތުގެ ތެރޭގައި ދެމަފިރިން ޖިމާޢު ވެއްޖެ ނަމަ ކައިވެނި ރުޖޫޢަވާނެ އެވެ. އެހެންނަމަވެސް ކޯޓަށް މިކަން އަންގައި ރަޖިސްޓަރީ ކުރުމަކީ ދެފަރާތުގެ ރައްކަލަކަށްޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. واللهأعلم

 

މިއަދު އޮންލައިން