ނަމާދަށް ފަރުވާތެރިވާ މީހުން ނަމާދުކުރަން ފަށާނީ އެންމެ ފުރިހަމައަށް ކުރުމުގެ ނިޔަތުގައެވެ. އެކަމަކުވެސް ކިތަންމެ ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރި ނަމަވެސް ﷲ ތައާލާ އަންގަވާފައިވާ ގޮތަށް 100 އިންސައްތަ ފުރިހަމަކޮށް ހަމައެކަކަށްވެސް ނަމާދެއް ނުކުރެވޭނެއެވެ. އުނިވާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަމުން ސަލާމަތް ވުމަށް ކުރަންއޮތީ 3 ކަމެކެވެ.
(1) ކުށުސަޖިދަ ކުރަންޖެހޭ ކަމެއްގައިނަމަ ކުށުސަޖިދަކުރުން
(2) ނަމާދު ނިމުމާއިއެކު އަސްތަޣްފިރުﷲ ކިޔުން
(3) ރަވާތިބު ސުންނަތްތައް ކުރުން
ރަވާތިބް ސުންނަތް ކުރަންޖެހެނީ ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ފަރުޟު ނަމާދުތަކުން އުނިވާބައި ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އެމީހަކު ކޮށްފައިވާ ރަވާތިބު ސުންނަތުން ނަންގަވައި ފަރުޟުތައް ފުރިހަމަކޮށްދެއްވަވާނެތީއެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން