ބަލިވެ އިނުމުން ޤުރްއާން ކިޔެވުން ގިނަކުރަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބަލިވެ އިނުމުން ޤުރްއާން ކިޔެވުން ގިނަކުރަން މަސައްކަތްކުރާށެވެ!

ބަލިވެ އިންކަން އެނގުމުން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ވީވަރަކުން އަޅުކަންކުރުން ގިނަކޮށް ޛިކުރުކުރުމާ ދުޢާކުރުން ފަދަ ކަންކަން ކުރަމުން ގެންދާށެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެކަމުގެ ފައިދާ ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާނެއެވެ.

ބަލިވެ އިނުމުން މަރްޔަމް ސޫރަތް ކިޔެވުމަކީ ފައިދާކުރާނެ ކަމެއްތޯ ބައެއް ކިޔުންތެރިން ކުރައްވާ ސުވާލުގެ ޖަވާބު:

މާބަނޑު ދުވަސްވަރު މަރިޔަމް ސޫރަތް ކިޔެވުމުން ވިހަން ފަސޭހަވާނެ ކަމަށް ސުންނަތުގައި އައިސްފައެއް ނުވެއެވެ. ނަމަވެސް ބައެއް ޢީލްމުވެރިން އެބޭކަލުންގެ އިޖްތިހާދުން ވިދާޅުވަނީ ސޫރަތު މަރްޔަމް ކިޔެވުމުން ވިހަން ފަސޭހަވާ ކަމަށެވެ. واللهأعلم

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން